Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކޮވިޑް-19 ފަރުވާ

ރެމްޑެސިވިއަރ ބޭހުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އުއްމީދީ ނަތީޖާއެއް!

ބޭސް ދިން ގިނަ މީހުންގެ ފުށުން އެދެވޭ ނަތީޖާއެއް ވަނީ ފެނިފައި

ރާއްޖެ އެމްވީ | 12 އެޕްރީލު 2020 | އާދީއްތަ 17:39
ރެމްޑެސިވިއަރ ކޮވިޑް-19 އަށް ފަރުވާ ދެވިދާނެތޯ ޗައިނާގެ ސައިންސްވެރިން ދިރާސާ ކުރަނީ

ރެމްޑެސިވިއަރ ކޮވިޑް-19 އަށް ފަރުވާ ދެވިދާނެތޯ ޗައިނާގެ ސައިންސްވެރިން ދިރާސާ ކުރަނީ

ކޮވިޑް-19 ބަލީގެ އެންމެ ސީރިއަސް ކޭސްތަކަށް ރެމްޑެސިވިއަރ (Remdesivir) ބޭހުން ފަރުވާ ކުރުމުން ލިބިފައިވާ އެދެވޭ ނަތީޖާ ތަކަށް ބަލާއިރު، މިއީ މި ނުރައްކާތެރި ބައްޔަށް ދެވިދާނެ ފަރުވާއެއް ކަމަށް ސައިންސްވެރިން ބުނަން ފަށައިފިއެވެ.

އެހެން ނަމަވެސް، މިކަން މިގޮތައް ކަނޑައެޅުމުގެ ކުރިން އަދި އިތުރު ދިރާސާތަކުގެ ނަތީޖާ ބޭނުންވާނެއެވެ.

ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިންގައި މިދިޔަ ހުކުރު ދުވަހު ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން، ޔޫރަޕް އާއި އެމެރިކާ އަދި ކެނެޑާއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 53 މީހަކަށް 10 ދުވަހުގެ މުއްދަތައް ރެމްޑެސިވިއަރ ދިނުމުން 18 ދުވަހުގެ ތެރޭގައި އޭގެ ތެރެއިން 36 މީހުންގެ ހާލަތު ރަނގަޅުވެ، ދެބައިކުޅަ އެއްބައި މީހުން މުޅިން ބަލިން ފަސޭހަވެ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ދިރާސާގައި ބަލަމުން ދިޔަ 53 މީހުންނަކީ ބަލި ޖެހުމުގެ ސަބަބުން ސީރިއަސް ހާލަތަކަށް ގޮސްފައި ތިބި މީހުން ކަމަށް ދިރާސާގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ބަލީގެ ސަބަބުން، އަމިއްލަ އަށް ނޭވާލާން އުނދަގޫވި މީހުންނާއި ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުން ދިޔަ މީހުން ހިމެނެއެވެ.

ރެމްޑެސިވިއަރ ފަރުވާ ދިނުމުން ނޭވާލާން އުނދަގޫވެ، ޚާއްސަކޮށް ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުން ދިޔަ ބަލި މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވިކަން ދިރާސާ އިން ފާހަގަވެއެވެ.

ބައްޔަށް އެހެން ބޭހެއް ލިބެން ނެތް ހާލަތެއްގައި އެނޫން އެހެން ގޮތެއް ނެތިގެން، އާއްމު އުސޫލެއްގެ ގޮތުން ފަރުވާއެއް ލިބިދާނެ ކަމަށް ބެލޭ ނަމަވެސް ހުއްދަ ނެތް ބޭހެއް ބޭނުން ކުރެވޭ އެންމެ ދިގު މުއްދަތަކީ 10 ދުވަސް ކަމަށް ވުމާއެކު ރެމްޑެސިވިއަރ ބަލި މީހުންނަށް ދިން މުއްދަތު ޑޮކްޓަރުން އެއަށްވުރެ ދިގު ކޮށްފައެއް ނުވެއެވެ.

ދިރާސާގައި އިސްކޮށް ހުރި ލޮސްއެންޖަލްސްގެ ސެޑަރސް-ސިނާއީ މެޑިކަލް ސެންޓަރު ޑިރެކްޓަރ އޮފް ހޮސްޕިޓަލް އެޕިޑެމޮލޮޖީ، ޕްރޮފެސަރ ޖޮނެތަން ގްރެއިން ހާމަ ކުރި ގޮތުގައި މި ދިރާސާއިން ރެމްޑެސިވިއަރ އަކީ ކޮވިޑް-19 އަށް ދެވިދާނެ ފަރުވާއެއްކަން ކަނޑައަޅާ ބުނަން ނޭނގުނު ނަމަވެސް، ލިބިފައިވާ ނަތީޖާ ތަކުން އުއްމީދު ލިބޭ ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާއެއްގެ ގޮތުން ރެމްޑެސިވިއަރ ބޭނުން ކުރެވިދާނެތޯ ބެލުމަށް ބޮޑެތި ދިރާސާތަކެއް ދަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި، ޗައިނާގައި ކުރެވުނު ދިރާސާގެ ނަތީޖާ މި މަހުގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ބެލެވިފައިވެއެވެ. ޔޫއެސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް އިން ސްޕޮންސަރ ކޮށްގެން ހަދާ ދިރާސާ ދިރާސާގެ ނަތީޖާ ވެސް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބޭސް އުފައްދާ ކުންފުނިންވެސް ގެންދަނީ ކޮވިޑް-19 އަށް މި ބޭސް ބޭނުން ކުރެވިދާނެތޯ ވަކި ދިރާސާއެއް ހަދަމުންނެވެ.

ކޮވިޑް-19 އަށް ޚާއްސަ ފަރުވާ އެއް މިހާތަނަށް ނެތް އިރު، ރެމްޑެސިވިއަރ އަކީ ބައްޔަށް އެކަށީގެންވާ ފަރުވާ އެއް ކަމަށް ސާބިތު ކުރެވިއްޖެނަމަ، ފަރުވާ އަށް ހޭދަވަނީ ގާތްގަނޑަކަށް 9 ޑޮލަރު ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ ބޭހުގެ އަގަކީ ގިނަ ބަޔަކަށް އުފުލޭވަރުގެ އަގެއް ކަމަށް ވަނީ ބެލެވިފައެވެ.

ރެމްޑެސިވިއަރ އަކީ ކޮވިޑް-19 އަށް އެކަށީގެންވާ ފަރުވާ އެއްތޯ ބެލުމަށް ކުރެވެމުންދާ ދިރާސާތަކަކީ މި ރޮނގުން އެންމެ ފުރަތަމަ އަދި އެންމެ ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ދިރާސާތައް ކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތުން ހައިޑްރޮކްސިކްލޮރޮކުއިން އަކީ ކޮވިޑް-19 އަށް އޮތް ފަރުވާއެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، މި ބޭހަކީ ކޮވިޑް-19 އަށް ފަރުވާ އަކަށް ވެދާނެތޯ ބެލުމަށް އަދި އެހާ ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ބެލިފައިވާ ބޭހެއް ނޫނެވެ.

ރެމްޑެސިވިއަރ އަކީ ނުރައްކާތެރި އެބޯލާ ބައްޔަށް އޮތް ފަރުވާ އެއް ކަމަށް ގަބޫލު ކުރެވުނު ބޭހެކެވެ. ނަމަވެސް އެކަށީގެންވާ ނަތީޖާ އެއް އެކަމުގައި ނުނިކުތްކަން ވަނީ ފާހަގަ ކުރެވިފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2022

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

07 ޖޫން 2022
ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
01 މެއި 2020

ޔޫއޭއީން ބުނަނީ ހާލަތު ބަދަލު ކޮށްލާނެ ފަރުވާއެއް ކޮވިޑް-19 އަށް ހޯދިއްޖެ ކަމަށް

01 މެއި 2020
ޔޫއޭއީން ބުނަނީ ހާލަތު ބަދަލު ކޮށްލާނެ ފަރުވާއެއް ކޮވިޑް-19 އަށް ހޯދިއްޖެ ކަމަށް
07 އެޕްރީލު 2020

ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

07 އެޕްރީލު 2020
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ
23 މާރިޗު 2020

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި
10 ޖޫން 2018

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

10 ޖޫން 2018
ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
28 އޯގަސްޓު 2017

“ކެނަކެނިއަމެބް“، ހާޓްއެޓޭކް ޖެހުމުން ސަލާމަތްކޮށްދިނުމުގައި އިންގިލާބެއް ގެނުވާނެ: ދިރާސާ

28 އޯގަސްޓު 2017
“ކެނަކެނިއަމެބް“، ހާޓްއެޓޭކް ޖެހުމުން ސަލާމަތްކޮށްދިނުމުގައި އިންގިލާބެއް ގެނުވާނެ: ދިރާސާ
20 އެޕްރީލު 2017

ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!

20 އެޕްރީލު 2017
ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!
29 މާރިޗު 2017

ރޯގާގެ ހާލަތު އަންނަނީ ރަގަޅުވަމުން، ބަަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 20 މީހުންނަށް: އެޗްޕީއޭ

29 މާރިޗު 2017
ރޯގާގެ ހާލަތު އަންނަނީ ރަގަޅުވަމުން، ބަަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 20 މީހުންނަށް: އެޗްޕީއޭ
21 މާރިޗު 2017

އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!

21 މާރިޗު 2017
އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!
14 ޖެނުއަރީ 2017

މިއީ އާދައިގެ މައްސަލައެއް ނޫން، ފަރުވާ ކުޑަކޮށްނުލާ!

14 ޖެނުއަރީ 2017
މިއީ އާދައިގެ މައްސަލައެއް ނޫން، ފަރުވާ ކުޑަކޮށްނުލާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު