Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލެވިއްޖެ: މަބްރޫކް

12 އެޕްރީލު 2020 | އާދީއްތަ 17:08

ރިސޯޓުތަކާއި ސަފާރީތަކުން 9663 މީހުން ދޫކުރެވިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އެޕްރީލު 2020 | އާދީއްތަ 17:08
މީގެ ކުރިން ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވާހަކަ ދައްކަވަނީ

މީގެ ކުރިން ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވާހަކަ ދައްކަވަނީ

މިހާތަނަށް 800 އަށް ވުރެން ގިނަ މީހުން ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްފައިވާ ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުން ގިނަ އަދަދެއްގެ މީހުން ދޫކޮށްފައިވާއިރު ރިސޯޓުތަކާއި ސަފާރީތަކުން 9663 މީހުން ދޫކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ ފެސިލިޓީތަކުން ދޫކޮށްލެވޭ މީހުންނަކީ އެތައް ދުވަހަކު އާއިލާއާ ދުރުގައި ތިބެފައި އެމީހުން ކައިރިއަށް ދެވޭ މީހުން ކަމަށާއި އެމީހުން ވީހާ ވެސް ބޮޑަށް ގައިދުރުކަން ދެމެހެއްޓުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި މީހުންނާއި ބައްދަލުކުރުން މަދުކުރަން ޖެހޭނެކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެމީހުން ފެސިލިޓީތަކުން ދޫކޮށްލެވިފައިވަނީ އެހެން މީހުންނަށްވުރެން ބޮޑަށް މި ބަލީގެ ރައްކާތެރިކަން އެ މީހުންނަށް އޮތުމުން ނޫންކަމަށެވެ.

މި ބަލި ޖެހުމުގެ ފުރުސަތު އެމީހުންނަށް ވެސް އެބައޮތް އޮތް ކަމަށާއި އެމީހުން އުޅޭ ގޮތެއްގެ ސަބަބުން ނުރައްކާތެރި ހަލާތަކަށް ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން އެ ފަރާތްތަކުން ވެސް އެޗްޕީއޭ އިން ދޭ އިލްތިމާސްތަކަށް ތަބާވުމަށް މަބްރޫކް އިލްތިމާސްކުރެއްވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ބައެއް ފަހަރު ކަރަންޓީން ފެސިލިޓީތަކުން މީހުން ދޫކޮށްލެވޭއިރު އެ މީހުންނަކީ "ބަލި ޖެހިފައިވާ" ބައެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށް ވަރަށް އިހާނަތިކޮށް ކަންތައްތައް ކުރާ ކަމަށެވެ. އަދި އެމީހުން ރަށަށް އަނބުރާ ދިޔުމުން ރަށަށް އެމީހުން އަރުވަން ދެކޮޅު ހަދާ، އެމީހުންނަކީ ވަރަށް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީން މީހަކު ދޫކޮށްލެވުމަކީ އެހެން މީހެއްގެ ކިބައިގައި ނެތް ނުރައްކަލެއް އޭނަގެ ގައިގައި ހުންނަކަމެއް ނޫންކަން ފާހަގަކުރައްވާ މަބްރޫކް ވަނީ އެމީހުންނާއި ދޭތެރޭގައި ރަނގަޅަށް އަމަލު ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބި މީހުންގެ ތަފްސީލު ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ 11 މީހަކު އައިސޮލޭޝަންގައި ތިބިއިރު ކަރަންޓީން ފެސިލިޓީތަކުގައި 907 މީހަކު އެބަތިބި ކަމަށެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް