Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މާދަމާގެ ޖަލްސާއަށް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ ޚާއްޞަ ދެބިލުގެ ބަހުސް ކުރަން އެޖެންޑާކޮށްފި

12 އެޕްރީލު 2020 | އާދީއްތަ 11:15

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020": އިންތިހާބާގުޅޭ ހާއްސަ އުސޫލްތަކާއި ބާއްވާނެ ތާރީހެއް ކަނޑައެޅުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އެޕްރީލު 2020 | އާދީއްތަ 11:15
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކޮވިޑް-19 އާ ގުޅިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކޮވިޑް-19 އާ ގުޅިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާ، ރާއްޖޭގައި ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހިފައިވާތީ، އެމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޚާއްޞަ ދެ ބިލަށް ބަހުޘްކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ބަހުޘްކުރުމަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ބިލާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ.

Advertisement - newsAdvertisement

ކައުންސިލްތަކުގެ އިންތިޚާބާގުޅޭ ޚާއްޞަ ބިލަކީ، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުޞޫލުތަކެއް އެކަށައެޅުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަަށެވެ. އެގޮތުން "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެންބަރުން މަޤާމާ ޙަވާލުވުމުން އުވިގެންދާގޮތަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގައި ބުނެފައިވާގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ބިލު ހުށަހެޅުމުގެ މަޤުޞަދަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ޤާނޫނުއަސާސީއާއި، ޤާނޫނުގައިވާގޮތުގެމަތީން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކަކަށްވާއިރު، ޤާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއިން ލާޒިމުކުރާގޮތުގެ މަތީން ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމެވެ. މި ބިލުގައިވާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން ލާޒިމުކަމެއްކަމަށްވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް އަބަދުމެ ހިންގަމުން ގެންދަނީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުންކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ.

އެ ދެބިލަށް ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވާއިރު، މިދިއަ ހަފްތާގައި މަޖިލީހުގައި ވަނީ، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަށް، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅާފަ އެވެ.

އެބިލުގެ ފުރަތަމަ ކިޔުން މިދިއަ ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާގައި އިއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މިދަނޑިވަޅުގައި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާމެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް އެކަމަށް ބަހުޘް ކުރެއްވުމަށް ފުރުޞަތު ހުޅުވާލައްވާފަ އެވެ. އެމައްސަލާގައި ހޯމަ ދުވަހުގެ އެޖަލްސާގަ އާއި އަންގާރަ ދުވަހުގެ ޖަލްސާގައި 55 މެންބަރަކު ވަނީ ބަހުޘް ކުރައްވާފައި ވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ. މިޙާލަތުގައި އެތާރީޚުގައި ވެސް އިންތިޚާބު ނުބޭއްވޭނެ ކަމަށް ފެންނާތީ، އެކަމަށް ޤާނޫނީ ފަރުވާއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުންދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

05 މެއި 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް

05 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
24 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި

24 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި
12 މާރިޗު 2017

ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް

12 މާރިޗު 2017
ވައިރަލް ހުން ފެތުރޭތީ އައިޖީއެމްއެޗްގައި ޚާއްޞަ ކްލިނިކެއް
28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް