Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ކެނީ ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލައިފި

ޑަލްގްލިޝް ހޮސްޕިޓަލްގައި އެޑްމިޓްކުރީ ބުދަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އެޕްރީލު 2020 | އާދީއްތަ 09:19
ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ސާ ކެނީ ޑަލްގްލިޝް

ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ސާ ކެނީ ޑަލްގްލިޝް

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ލިވަޕޫލްގެ ކުރީގެ ފޯވާޑް އަދި އެޓީމުގެ ކުރީގެ ކޯޗު ސާ ކެނީ ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އުމުރުން 69 އަހަރުގެ ޑަލްގްލިޝް ބުދަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިންފެކްޝަނެއް ވެގެން އިތުރު ފަރުވާ ދިނުމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށްފަހު ހެދި ޓެސްޓްތަކުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަވެފައެވެ.

ޑަލްގްލިޝްގެ އާއިލާއިން ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އަދި މިހާތަނަށް އޭނާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޑަލްގްލިޝް ހޮސްޕިޓަލުން ދޫކޮށްލުމުން، މިހާރު ހުރީ ސެލްފް-އައިސޮލޭޝަނުގައެވެ.

ސްކޮޓްލެންޑަށް އުފަން ޑަލްގްލިޝް ވަނީ 1977 އިން 1990 އަށް ލިވަޕޫލަށް ކުޅެފައެވެ. އޭގެ ކުރިން ސެލްޓިކަށްވެސް ކުޅުނު ޑަލްގްލިޝް ވަނީ ލިވަޕޫލަށް ކުޅެދިން 355 މެޗުގައި 118 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު އިނގިރޭސި ލީގު ހަ ފަހަރު އަދި ޔޫރަޕިއަން ކަޕް އެއް ފަހަރު ހޯދާފައެވެ. އަދި ޑަލްގްލިޝް ވަނީ 1983 ވަނަ އަހަރުގެ ބަލޮންޑޯ އެވޯޑުގެ ދެވަނަ ހޯދާފައެވެ.

ސްކޮޓްލެންޑުގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީފައިވާ ޑަލްގްލިޝް ލިވަޕޫލަށް އެންމެ ފުރަތަމަ ކޯޗުކަން ކޮށްދިނީ 1985 އިން 1991 ވަނަ އަހަރުގެ ނިޔަލަށެވެ. މި މުއްދަތުގައި އޭނާ ލިވަޕޫލަށް އިރުޝާދު ދީފައިވަނީ ޓީމުގެ ކުޅުންތެރިއެއްގެ ދައުރުވެސް އަދާކުރަމުންނެވެ. އޭގެ ފަހުން ޑަލްގްލިޝް ވަނީ 2011 އިން 2012 އަށް ލިވަޕޫލަށް އިރުޝާދު ދީފައެވެ. އޭގެ ކުރިން ބްލެކްބާނަށްވެސް އިރުޝާދުދިން ޑަލްގްލިޝް ވަނީ 1995 ވަނަ އަހަރުގެ ޕްރިމިއާ ލީގު އެޓީމާއެކު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލްގެ ކުރީގެ ފޯވާޑް ޑަލްގްލިޝް ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި، އެސްޓަން ވިލާގެ ގޯލްކީޕަރު ޕެޕޭ ރެއިނާ އަދި ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން ކަލުމް ހަޑްސަން-އޮޑޯއި މިހާރު ވަނީ ވައިރަހުން ސަލާމަތްވެފައެވެ.

އިތުރަށް ކިޔާލަން

24 ޖޫން 2019

ބެނިތޭޒް ނިއުކާސަލް ދޫކޮށްލައިފި

24 ޖޫން 2019
ބެނިތޭޒް ނިއުކާސަލް ދޫކޮށްލައިފި
19 ޖޫން 2019

ޔޫއެފާގެ ކުރީގެ ރައީސް ޕްލެޓިނީ ދޫކޮށްލައިފި

19 ޖޫން 2019
ޔޫއެފާގެ ކުރީގެ ރައީސް ޕްލެޓިނީ ދޫކޮށްލައިފި
03 އޮކްޓޯބަރު 2018

އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި

03 އޮކްޓޯބަރު 2018
އީގަލްސްގެ ބޭރު ދެކުޅުންތެރިއަކު ދޫކޮށްލައިފި
08 ޖުލައި 2018

ސްޕެއިންގެ ކޯޗުގެ މަގާމު ހިއެރޯ ދޫކޮށްލައިފި

08 ޖުލައި 2018
ސްޕެއިންގެ ކޯޗުގެ މަގާމު ހިއެރޯ ދޫކޮށްލައިފި
27 ޖޫން 2018

މިސްރުގެ ކޯޗު މަގާމު ދޫކޮށްލައިފި

27 ޖޫން 2018
މިސްރުގެ ކޯޗު މަގާމު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު