Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮވިޑް-19

"ކްލަބުތަކުގެ މާލީ ހާލަތު ވެއްޓޭނެ މިންވަރާއި މެދު ބިރުގަނޭ"

ޕްރިމިއާ ލީގުން މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވަނީ ސައުތެމްޓަނާއި ވެސްޓް ހޭމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 11 އެޕްރީލު 2020 | ހޮނިހިރު 20:15
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ޗެއާމަން އެލަން ޝުގާ

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ޗެއާމަން އެލަން ޝުގާ

އިނގިރޭސި ބައެއް ކްލަބުތަކުގެ ކުޅުންތެރިން މުސާރަ ކުޑަކުރުމަށް އެއްބަސް ނުވުމުން, ބައެއް ކްލަބުތަކަށް މާލީ ގޮތުން ދިމާވާނެ ދަތިތަކާއި މެދު ކަންބޮޑުވާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ޗެއާމަން އެލަން ޝުގާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުން މިހާތަނަށް ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވަނީ ސައުތެމްޓަނާއި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ.

ޓޮޓެންހަމްގެ ކުރީގެ ޗެއާމަން އެލަން ވިދާޅުވީ ލީގު މެދު ކެނޑިފައި އޮންނަތާ މަސްދުވަސްވީ ކަމަށާއި، މި ކަމުގެ ސަބަބުން ޕްރިމިއާ ލީގަށާއި ކްލަބުތަކަށް ބޮޑު ގެއްލުމެއްވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ ކުދި ކްލަބުތަކަށް ކަމަށާއި، ހާއްސަކޮށް މި އަނދަވަޅުން އަރައިގަތުމަށް ކުދި ކްލަބުތަކަށް އުނދަގޫވާނެ ކަމަށް އެލަން ވިދާޅުވިއެވެ.

އެލަން އިތުރަށް ވިދާޅުވީ މިކަމުގައި އޭނާއަށް ވިސްނޭ އެންމެ ރަނގަޅު ގޮތަކީ ކްލަބުތަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް މަސައްކަތް ކުރުން ކަމަށެވެ، އަދި ހާއްސަކޮށް ކުދި ކްލަބުތަކުން ކުޅުންތެރިންނާއި ވާހަކަދައްކައިގެން، މުސާރަ ކުޑަކުރުމަށް މަސައްކަތް ކުރުމަށް އެލަން ވަނީ ގޮވާލާފައެވެ.

ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ގިނަ ކްލަބުތަކުން މަސައްކަތް ކުރަމުން އައި ނަމަވެސް، ގިނަ ބަޔަކު އަންނަނީ އެގޮތަށް އަމަލުނުކުރަން ގޮވާލަމުންނެވެ. އެގޮތުން ފްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިންވެސް ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޕްރިމިއާ ލީގިގެ ބައެއް ކްލަބުތަކުން ވަނީ އެ ކްލަބުގެ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑް، ޓޮޓެންހަމް ހޮޓްސްޕާ، ބޯންމަތު އަދި ނޯވިޗް ސިޓީ ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެފްއޭއެމްގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: އޭއެފްސީ

އެފްއޭއެމްގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: އޭއެފްސީ

19 ޑިސެމްބަރު 2018
ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

05 ޑިސެމްބަރު 2018
މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

17 އޮކްޓޯބަރު 2018
ކުލަބުތަކުގެ މާލީ ހާލަތާ މެދު ބައެއް ކޯޗުން ކަންބޮޑުވުން ފާޅުކޮށްފި

ކުލަބުތަކުގެ މާލީ ހާލަތާ މެދު ބައެއް ކޯޗުން ކަންބޮޑުވުން ފާޅުކޮށްފި

01 އޮކްޓޯބަރު 2018
ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން

21 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު