Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުކޮވިޑް-19 ގެ ދެވަނަ ރާޅު

ޗައިނާ އިން ކޮވިޑް-19 ގެ ދެވަނަ ރާޅު ނެގުމުގެ ބިރު

11 އެޕްރީލު 2020 | ހޮނިހިރު 10:01

ހުކުރު ދުވަހު ޗައިނާގައި އަލަށް ބަލި ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު 46 ށް

ރާއްޖެ އެމްވީ | 11 އެޕްރީލު 2020 | ހޮނިހިރު 10:01
ކޮވިޑް-19 އިން ރައްކާތެރި ވުމަށް މާސްކް އަޅައިގެން ތިބި ބައެއް

ކޮވިޑް-19 އިން ރައްކާތެރި ވުމަށް މާސްކް އަޅައިގެން ތިބި ބައެއް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، ކޮވިޑް-19 ގެ ދެވަނަ ރާޅެއް އެ ގައުމުގައި ނަގާފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ޗައިނާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަންގެ އޮފިޝަލުން ހާމަ ކުރި ގޮތުގައި ހުކުރު ދުވަހު ޗައިނާގައި އަލަށް ބަލި ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު 46 ށް ވަނީ އަރާފައެވެ. އޭގެ ކުރީ ދުވަހު އަލަށް ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ 42 މީހުންނެވެ. އޮފިޝަލުން ހާމަ ކުރި ގޮތުގައި، ހުކުރު ދުވަހު ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވުނު މީހުންގެ ތެރެއިން 42 މީހުންނަކީ ބޭރުން ގައުމަށް އެތެރެވި މީހުންނެވެ.

އޮފިޝަލުން ދެކޭ ގޮތުގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވީ ދަތުރުފަތުރު ކުރުމަށް ލުއި ދިނުމާއެކު، ބޭރުން އެތެރެވި ބައްޔަށް ޕޮސިޓިވް މީހުން އިތުރުވުމާއި، ބަލީގެ ނިޝާން ކުރިން ފެންނަން ނެތް މީހުން ބައްޔަށް ޕޮސިޓިވް ވާން ފެށުމުންނެވެ.

ޗައިނާގައި ކޮވިޑް-19 އަށް ޕޮސިޓިވްވެފައި މިހާރު ތިބި މީހުންގެ އަދަދަކީ 81953 އެކެވެ.

މެއިން ލޭންޑް ޗައިނާގައި ބަލި ފެތުރުން އިތުރުވަމުން ދާއިރު، ކޮވިޑް-19 އުފަންވި ހުބެއި ޕްރޮވިންސްގައި ފާއިތުވި 7 ދުވަހުގެ ތެރޭގައި އަލަށް އެއްވެސް ބަލި މީހަކު ފެނިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ޗައިނާގެ އިތުރުން، ކޮވިޑް-19 ކޮންޓްރޯލް ކުރި އެހެން ބައެއް ގައުމުތަކުންވެސް ދެވަނަ ފަހަރަށް ބަލި ފެތުރުން އިތުރުވާކަން ވަނީ ހާމަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

15 މެއި 2020

ޗައިނާ އިން ލިބޭ ފިލާވަޅަކީ ވައިރަސް ހުއްޓުވަން ދަތުރު ހުއްޓާށޭ!

15 މެއި 2020
ޗައިނާ އިން ލިބޭ ފިލާވަޅަކީ ވައިރަސް ހުއްޓުވަން ދަތުރު ހުއްޓާށޭ!
25 އެޕްރީލު 2020

ކޮވިޑް-19: ވައިރަސްގެ ދެވަނަ ބުރެއް އައިސްދާނެތަ؟

25 އެޕްރީލު 2020
ކޮވިޑް-19: ވައިރަސްގެ ދެވަނަ ބުރެއް އައިސްދާނެތަ؟
14 އެޕްރީލު 2020

ކޮވިޑް-19 ގެ އިތުރު ދެ ވެކްސިނެއް އިންސާނުންނަށް ޓެސްޓު ކުރުމުގެ ހުއްދަ ޗައިނާއިން ދީފި

14 އެޕްރީލު 2020
ކޮވިޑް-19 ގެ އިތުރު ދެ ވެކްސިނެއް އިންސާނުންނަށް ޓެސްޓު ކުރުމުގެ ހުއްދަ ޗައިނާއިން ދީފި
03 އެޕްރީލު 2020

ޗައިނާގައި 108 ވޮލަންޓިއަރަކަށް ކޮވިޑް-19 ވެކްސިން ދީފި

03 އެޕްރީލު 2020
ޗައިނާގައި 108 ވޮލަންޓިއަރަކަށް ކޮވިޑް-19 ވެކްސިން ދީފި
02 އެޕްރީލު 2020

ބުޅަލާއި ކުއްތާ ކެއުން މަނާކުރާ ޗައިނާގެ ފުރަތަމަ ސިޓީ އަކަށް ޝެންޒެން

02 އެޕްރީލު 2020
ބުޅަލާއި ކުއްތާ ކެއުން މަނާކުރާ ޗައިނާގެ ފުރަތަމަ ސިޓީ އަކަށް ޝެންޒެން
24 މާރިޗު 2020

ކޮވިޑް-19 ވެކްސިން ޗައިނާގައި ޓެސްޓް ކުރަން ފަށައިފި

24 މާރިޗު 2020
ކޮވިޑް-19 ވެކްސިން ޗައިނާގައި ޓެސްޓް ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް