Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

އެމެރިކާ ގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފި

އެމެރިކާގައި 500،399 މީހުންނަށް ވައިރަސް ޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އެޕްރީލު 2020 | ހޮނިހިރު 03:25
އެންމެ ހަލުވިމިނުގައި ދުނިޔޭގައި ވައިރަސް ފެތުރެމުން އަންނަނީ އެމެރިކާގައި

އެންމެ ހަލުވިމިނުގައި ދުނިޔޭގައި ވައިރަސް ފެތުރެމުން އަންނަނީ އެމެރިކާގައި

ކޮވިޑް-19 އެންމެ ހަލުވި މިނުގައި ފެތުރެމުންދާ އެމެރިކާ ގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

މުޅި ދުނިޔޭ ގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރާއިރު އެމެރިކާގައި 500،399 ( ފަސް ލައްކަ ތިންސަތޭކަ ނުވަދިހަ ނުވަ) މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީ އިން ބުނެ އެވެ. އަދި 18,693 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ހުކުރު ދުވަހަކީ މިހާތަނަށް އެމެރިކާ ގައި އެންމެ ގިނަ އަދަދެއްގެ މީހުން ވައިރަސް ޖެހިގެން މަރުވި ދުވަހެވެ. އެއީ 1,953 މީހުންނެވެ. ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލި ފަސޭހަވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ 28,837 މީހުންނެވެ.

އެމެރިކާގެ ސްޓޭޓް ތަކުގެ ތެރެއިން އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދަނީ ނިއު ޔޯކް ސިޓީގަ އެވެ. އަދި އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަނީ ވެސް ނިއު ޔޯކުންނެވެ. އެގޮތުން ނިއު ޔޯކުން އެކަނި 5,820 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

ނިއު ޔޯކު ގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދުނިޔޭ ގައި ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ގައުމުތަކަށްވުރެ ގިނަ އެވެ. ނިއު ޔޯކް ސްޓޭޓު ގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 174,481 އަށް އަރައެވެ. ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާ ސްޕެއިންގައި ވައިރަސް ޖެހިގެން މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 158,273 މީހުންނަށެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ އިންސްޓިޓިއުޓް ފޯރ ހެލްތު މެޓްރިކްސް އެންޑް އެވަލުޔޭޝަނުން އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަސް ނިމޭއިރު އެމެރިކާއިން 60,415 މީހުން މަރުވާނެ އެވެ. އެމެރިކާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ސޯޝަލް ޑިސްޓޭންސް އާ ގުޅޭ އައު ގައިޑްލައިނެއް 30 ދުވަހުގެ މުއްދަތަށް އިއުލާންކޮށްފައިވާއިރު 30 ދުވަހަށް ފަހު، އެ ގައިޑް ލައިންގައި ހުރި ކަންތައްތަކަށް އަމަލުނުކޮށްފިނަމަ އިތުރަށް ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަަމަށް އެމެރިކާ ގައި މިކަން ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިހާރު އަމަލުކުރަމުންދާ ސޯޝަލް ޑިސްޓެންސިން އާ ގުޅިގެން ވައިރަސް ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް މަދުވެފައިވާ ކަމަށާއި އެހެންކަމުން އެގޮތަށް ކުރިޔަށް އޮތްތަނުގައި ވެސް އަމަލުކުރަން ޖެހޭކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު