Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމިގްރޭޝަން

އާދިއްތަ ދުވަހުން ފެށިގެން ވާރކް ވިސާ އާ ކޮށްދެނީ

ވާރކް ވީޒާއާއި ގުޅުންހުރި ޚިދުމަތް ތަކަށް ހެނދުނު 09:00 އިން 13:00 އަށް އެދެވޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 އެޕްރީލު 2020 | ހުކުރު 17:56
އިމިގްރޭޝަން

އިމިގްރޭޝަން

ރާއްޖޭގައި އުޅެމުންގެންދާ ގިނަ އަދަދެއްގެ ބިދޭސީންގެ ވީސާ އާއި ގުޅުންހުރި ކަންތައްތައް ފުރިހަމަ ކުރުމުގައި ދަތިވަމުންދާތީ އާދީއްތަ ދުވަހުން ފެށިގެން ވާރކް ވީސާ އަދި އެހެނިހެން ވީސާ ދޫކޮށްފައިވާ ފަރާތްތަކުގެ ވީސާ އައު ކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވާރކް ވީސާ އަދި އެހެނިހެން ވީސާތަކުގައި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއިގުޅޭ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް ބަންދުކުރުމަށް ނިންމާފައިވުމާއެކު، އެ މުވައްސަސާއިން ދެމުންގެންދާ ބައެއް ޚިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ރާއްޖޭގައި އުޅެމުންގެންދާ ގިނަ އަދަދެއްގެ ބިދޭސީންގެ ވީސާ އާއި ގުޅުންހުރި ކަންތައްތައް ފުރިހަމަ ކުރުމުގައި ދަތިވަމުންދާތީވެ، އާދީއްތަ ދުވަހުން ފެށިގެން ވާރކް ވީސާ އަދި އެހެނިހެން ވީސާ ދޫކޮށްފައިވާ ފަރާތްތަކުގެ ވީސާ އައުކޮށްދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާންމުކޮށްފައިވާ ގޮތުގެ މަތިން، އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެން ކަމަށާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން އެކަމަށް ޙާއްޞަ ސަމާލުކަމެއް ދިނުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކް ވީސާ އާއި ގުޅުންހުރި ޚިދުމަތްތަކަށް ހެނދުނު 09:00 އިން 13:00 އަށް އެދެވޭނެ ކަމަށެވެ. އަދި ވީސާ ޖެހުމަށްފަހު ޕާސްޕޯޓް ދޫކުރެވޭނީ ހެނދުނު 09:00 އިން 12:00 އަށް ކަމަށެވެ. އިމިގްރޭޝަނުން ބުނީ ވީސާއަށް އެދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓްމެންޓު ދޫކުރާނީ ހެނދުނު 09:00 އާއި 12:00 އާއި ދެމެދުގެ ގަޑިތަކުގައި ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ ޓޫރިސްޓު ވީސާ އަދި ބިޒްނަސް ވީސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެން ދިއުމަށް އެދޭ ފަރާތްތައް ވީސާ އައުކުރުމަށް ހުށަހަޅާކަށް ނުޖެހޭނެކަމަށެވެ. އަދި މި ފަރާތްތަކުން، އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ ފުރިހަމަ ކުރުމަށްފަހު، ފުރަން އެއަރޕޯރޓަށް ދިއުމުން ފުރޭނެ އިންތިޒާމްހަމަޖެހިފައިވާނެ ކަމަށެވެ. ނަމަވެސް 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ވީސާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ވީސާ އައު ކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައްpermitvisa@immigration.gov.mvއަށް މެއިލްކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތަށް މެއިލް ކުރާ ފަރާތްތަކަށް ވީސާ ޖެހުމަށް ޕާސްޕޯޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މަޢުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވެސް އެ މުއައްސަސާ އިން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު