Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރްސީއެމް

ކޮވިޑް-19: ސަރުކާރު ބަންދު ނަމަވެސް ކޮމިޝަންގެ ޚިދުމަތް ލިބެމުންދާނެ: އެޗްއާރްސީއެމް

ކޮމިޝަނުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޚާއްޞަ އުޞޫލުތަކެއް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 އެޕްރީލު 2020 | ހުކުރު 17:00
އެޗްއާރްސީއެމްގެ ލޯގޯ

އެޗްއާރްސީއެމްގެ ލޯގޯ

ސަރުކާރު ބަންދު ނަމަވެސް ކޮމިޝަންގެ ޚިދުމަތް ލިބެމުންދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ޕެންޑަމިކްގެ ތެރޭގައި ސަރުކާރު ބަންދުކުރުމަށް ނިންމުމާގުޅިގެން ކޮމިޝަނުގެ އިދާރާވެސް ބަންދުކުރުމަށް ނިންމައި އެހެންނަމަވެސް ކޮމިޝަނުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޚާއްޞަ އުޞޫލުތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1424 އާއިcomplaint@hrcm.org.mvއަދިinfo@hrcm.org.mvއީމެއިލްގެ އިތުރުން، ސަރުކާރުގެ މުޢާމަލާތްތައް ކުރުމަށް ހަމަޖެހިފައިވާ ޖެމްސް މެދުވެރިކޮށް ލިބޭ އިންތިޒާމްވަނީ ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމް އިން އިތުރަށް ބުނީ ކޮވިޑް-19 އަކީ ޕެންޑަމިކްއެއް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކުރުމާގުޅިގެން މި ބައްޔަށް އެކި ޤައުމުތައް ތައްޔާރުވަމުންދިޔަ މަރުޙަލާގައި ދިވެހިރާއްޖެވެސް ކޮވިޑް-19އަށް ތައްޔާރުވުމުގެ ފުރަތަމަ މަރުޙަލާގައި ދައުލަތުން ބޭއްވި މަޝްވަރާތަކުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެ، އިންސާނީ ޙައްޤުގެ ނަޒަރިއްޔާތުން މިފަދަ ޙާލަތެއްގައި ކަންކަން އިންތިޒާމު ކުރާނެގޮތުގެ މަޝްވަރާކޮށް ކަރަންޓީނު ފެސިލިޓީތަކުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ދެނެގަނެ، މިފަދަ ތަންތަނުގެ އިންތިޒާމްތަކާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއަށް ލަފާ އަރުވާފައިވާނެ ކަމަށެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތައް އޮޕަރޭޓް ކުރާނެ ގޮތުގެ ނިޒާމެއް އެކަށައެޅުމުގެ މަރުހަލާގައި ހިއުމަންރައިޓްސް ކޮމިޝަނުގެ ފަރާތުން ސިވިލްސަރވިސް ކޮމިޝަނާ ބައްދަލުކޮށް އެ ކޮމިޝަނުގެ ފަންނީ ލަފާ އެ ސަރވިސްއަށް ހުށަހަޅާފައިވާނެކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެއެވެ. ބަޔާނުގައި އެޗްއާރްސީއެމް އިން އިތުރަށް ބުނީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެދަށުގައި ބަންދުކޮށްފައިވާ ފަރާތްތަކަކީ، މިޙާލަތުގައި އިތުރު ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށްވާތީ، ދިވެހިރާއްޖޭގައި މިފަދައިން މީހުން ބަންދުކޮށްފައިވާ ތަންތަނުގައި ކޮވިޑް-19 އާ ގުޅިގެން ޚާއްޞަ އުޞޫލުތަކެއް ހަމަޖައްސާފައިވޭތޯ ކޮމިޝަނުން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކޮމިޝަނުން މޮނިޓަރ ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު