Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުބަލި ފަސޭހަވުމަށްފަހު އަލުން ބަލި ޖެހުން

ކޮވިޑް-19 ފަސޭހަވާ މީހުން އަނެއްކާ ބައްޔަށް ޕޮސިޓިވް ވާ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

ދެކުނު ކޮރެއާގައި ބަލި ފަސޭހަވީ ކަމަށް ބެލެވުނު މީހުންގެ ތެރެއިން 91 މީހަކު އަލުން ބައްޔަށް ޕޮސިޓިވް

ރާއްޖެ އެމްވީ | 10 އެޕްރީލު 2020 | ހުކުރު 13:38
ކޮވިޑް 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޗައިނާގައި ވެކްސިން އަޖުމަ ބަލަނީ

ކޮވިޑް 19 އަށް ވެކްސިނެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޗައިނާގައި ވެކްސިން އަޖުމަ ބަލަނީ

ކޮވިޑް-19 ބަލި ފަސޭހަވާ މީހުން އަނެއްކާ ބައްޔަށް ޕޮސިޓިވް ވާ ކަމަށް ދެކުނު ކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ.

މި ގޮތުން ދެކުނު ކޮރެއާގައި ބަލި ފަސޭހަވީ ކަމަށް ބެލެވުނު މީހުންގެ ތެރެއިން 91 މީހަކު އަލުން ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް 7000 ށް ވުރެ ގިނަ މީހުން ބަލި ފަސޭހަ ވެގެން ދޫކޮށްލާފައި ވެއެވެ.

ދެކުނު ކޮރެއާގެ ސިއްހަތާ ބެހޭ އޮފިޝަލުންނަށް މިކަން މިހެން ދިމާވާ ސަބަބު އަދި ސާފުކޮށް ބުނަން ނޭނގޭ ކަމަށް ހާމަ ކުރި އިރު، ދެކުނު ކޮރެއާގެ ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ޖިއޮން އިޔުން-ކީޔޯންގ ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބަލި ފަސޭހަވާ މީހުންގެ ހަށިގަނޑަށް އަލުން ވައިރަސް ވަނުމުގެ ބަދަލުގައި ބެލެވެނީ، ހަށިގަނޑުގައި އަލުން ވައިރަސް އަށް ދިރުން ލިބެނީ ކަމުގައެވެ.

ކޮރެއާ ޔުނިވަރސިޓީ ގޫރޯ ހޮސްޕިޓަލްގެ ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ޕްރޮފެސަރ ކިމް ވޫ ޖޫ ވިދާޅުވީ، އަލުން ބަލި ޖެހޭ މީހުންގެ އަދަދު 91 އެއްގައި މިވަގުތު ހުރުން އެއީ ފެށުމެއް ކަމަށާއި، މި އަދަދު ދާނީ މައްޗަށް ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ.

ބަލިން ފަސޭހަވާ މީހުންނަށް އަލުން ބަލި ޖެހޭ ސަބަބު ދެނެގަތުމުގެ މަސައްކަތް އެކި ގައުމުތަކުގެ ސައިންވެރިން ކުރަމުންދާ އިރު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ބައްޔަށް އިތުބާރު ނުކުރެވޭ ޓެސްޓް ހެދޭ ގޮތް ވުމަކީވެސް މީގެ ސަބަބެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2020

އަނެއްކާވެސް ފިޓްޒޯންގެ ގްރޫޕް ފިޓްނަސް ކްލާސްތަކެއް، މުޅިން ހިލޭ

23 އޮކްޓޯބަރު 2020
އަނެއްކާވެސް ފިޓްޒޯންގެ ގްރޫޕް ފިޓްނަސް ކްލާސްތަކެއް، މުޅިން ހިލޭ
24 މާރިޗު 2020

ޔޫއޭއީ ގައި ދިވެއްސަކު ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވެއްޖެ ކަމަށް ރިޕޯޓް ކޮށްފި

24 މާރިޗު 2020
ޔޫއޭއީ ގައި ދިވެއްސަކު ކޮރޯނާ ވައިރަސް އަށް ޕޮސިޓިވް ވެއްޖެ ކަމަށް ރިޕޯޓް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު