Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19: ލޮކްޑައުންކާއެކު އިންޑިޔާގެ ފަގީރުންނަށް އިތުރު ހިތްދަތިކަމެއް

އިންޑިޔާގެ 400 މިލިއަން މީހުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށް އައުމުން ފަގީރުކަމުގެ ތެރެއަށް އިތުރަށް ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 އެޕްރީލު 2020 | ބުރާސްފަތި 15:15
އިންޑިޔާގެ އެތައް މިލިއަން ފަގީރުންނެއް އަންނަނީ ބަނޑުހައި ހޫނުކަން ތަހައްމަލުކުރަމުން

އިންޑިޔާގެ އެތައް މިލިއަން ފަގީރުންނެއް އަންނަނީ ބަނޑުހައި ހޫނުކަން ތަހައްމަލުކުރަމުން

ހުސްވި މަރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދުނިޔޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިޔާ މިވަނީ ތިން ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ. ކޮވިޑް-19 މުޅި އިންޑިޔާއަށް ފެތުރި ގައުމު ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެކަމުގެ ބިރަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެޅުއްވި ފިޔަވަޅަކީ 1.3 ބިލިއަން މީހުން ހިމެނޭ މުޅި އިންޑިޔާ ލޮކްޑައުންކުރުމެވެ. އެއާއެކު އާބާދީގެ ނިސްބަތުން އެންމެ ގިނަ ފަގީރުންވެސް ތިބި އިންޑިޔާއަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅާ އެއްވަރަށް އެގައުމުގެ ފަގީރުންނަށް ދޭންޖެހޭ ސަމާލުކަން މިވަނީ އިތުރުކުރަން ޖެހިފައެވެ. އެހެން ނޫންކަމަށްވާނަމަ އެގައުމުގެ ބޮޑު އާބާދީއެއް ބަނޑުހައިހޫނު ކަމުގެ ތެރެއަށް ވެއްޓިގެންދާނެ އެވެ.

ލޮކްޑައުން ކުރުމުން ކުރީގައި އެމީހުންނަށް ދުވަހު މަސައްކަތްކޮށްގެން ލިބެމުންދިޔަ ކާއެތިކޮޅު މިއަދު ލިބޭކަށް ނެތެވެ. މަސައްކަތްކުރުމަށް މިއަދު ބޭރަށް ނިކުތުމުގެ ހުއްދައެއް ނެތެވެ. އެންމެވެސްތިބީ ގޭތެރޭގަ އެވެ. ކޮވިޑް-19 ކިޔާ ވައިރަސް އަކުން ރައްކާތެރިވުމަށެވެ.

ސަލިޝް ކުމާރަކީ ރިކްޝާ ދުއްވާ މީހެކެވެ. އޭނާ މިއަދު ވީރާނަވަމުންދާ އޭނާގެ ގޭގެ ބޭރުގައި ހުއްޓިލައިގެން ހުރީ މާޔޫސްވެ ގޮތް ހުސްވެފަ އެވެ. އިންޑިޔާގެ އެތައް މިލިއަން ފަގީރުންނެއް މިއަދު އިންތިޒާރުކުރަމުން ދަނީ އެގައުމުގެ ސަރުކާރުން ފަގީރުންނަށް އެހީތެރިވެދޭނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ހަގީގަތަކަށް ވާނެ ދުވަހަކަށެވެ.

ލަފާކުރެވޭ ގޮތުގައި ސަލިޝް ކުމާރު ފަދަ ސަތޭކަ މިލިއަން މީހުން އިންޑިޔާގައި އުޅޭނެއެވެ. އިންޑިޔާ ލޮކްޑައުންއަކަށް ދިޔުމުގެ ކުރިން ކުމާރު އަށް ރިކްޝާ ދުއްވައިގެން ދުވާލަކު 4 ޑޮލަރު ލިބެއެވެ. އަދި އޭނާގެ އަންހެނުން ގޭގޭގައި ކައްކައިދީ އެހެނިހެން މަސައްކަތްކޮށްގެން ފައިސާ ހޯދަމުންދިޔަ އެވެ. ނަމަވެސް އިންޑިޔާ ލޮކްޑައުން ކުރުމާއެކު ކުމާރަށާއި އޭނާފަދަ އެހެން މީހުންނަކަށް މިއަދު ރިކްޝާއެއް ނުދެއްވެ އެވެ. އޭނާގެ އަންހެނުން މަސައްކަތްކޮށްދިން ގޭގެ މީހުން ދިރިއުޅެމުންދާ ތަންތަނުގެ ތެރެއަށް ވަނުމަށްވެސް އެންމެ ކުޑަމިނުން ހުއްދަ އެއް ނުދެއެވެ.ކުމާރު ބުނާގޮތުން އެގޭގެ މީހުންނަށް ހީވަނީ އޭނާގެ އަންހެނުން އެމީހުންނަށް ވައިރަސް ޖައްސަފާނެ އެވެ. އެހެންވީމާ އެގެތަކަށް އޭނާގެ އަންހެނުން ވަންނާކަށް އެމީހުން ބޭނުމެއްނުވެ އެވެ.

ސަލިޝް ކުމާރެކޭ އެއްފަދަ އިން މުމްބާއީ އާއި ސަތޭކަ މޭލް ދުރުގައި އޮންނަ ދަރާވީގައި ދިރިއުޅޭ ރާމް ކުމާރް ގޯތަމްގެ ހާލަކީވެސް ހަމަމިއެވެ. މިއީ އިންޑިޔާގެ އެންމެ ފަގީރު ހިސާބެވެ. ރާމް ކުމާރު އޭނާގެ އުފަން ސިޓީ ކަމުގައިވާ ލަކްނޯ ދޫކޮށް މުމްބާއީއަށް އައީ އޭނާގެ އުމުރުން 17 އަހަރުގަ އެވެ. މިހާރު 30 އަހަރުގެ ރާމް ކުމާރު އާއި އޭނާގެ އާއިލާ ކުރިން އުޅެމުންދިޔައީ އެލްމުނިއަމް އުފައްދާ ފެކްޓްރީއެއްގައި މަސައްކަތްކޮށްގެންނެވެ. އޭރު އޭނާއަށް ދުވާލަކު 9 ޑޮލަރު ލިބެއެވެ.

އޭއެފްޕީ އާ ވާހަކަދައްކަމުން ރާމް ކުމާރު ބުނެފައިވަނީ މުސްތަގްބަލް ފެންނަނީ ވަރަށް ބަނަކޮށް ކަމަށެވެ. ރާމް ކުމާރު ބުނީ އޭނާ އަށް ވަޒީފާ ދިން މީހާ އޭނާއަށް އެހީތެރިކަން ނުދޭނަމަ މިހާރު ބަނޑުހައިހޫނު ކަމުގައި އޭނާ މިދުނިޔެ ދޫކޮށްދިޔައީހެވެ.

އެކިއެކި ވިލެޖްތަކުން ސިޓީތަކަށް ދަތުރުކޮށްފައިވާ މިފަދަ އެތައް ހާސް ބަޔަކު އިންޑިޔާގައި ތިބިއިރު އެމީހުން މިހާރު ތަހައްމަލު ކުރަމުންދަނީ ކާނެއެއްޗެއްނެތި ބަނޑުހައިހޫނު ކަމެވެ. ލޮކްޑައުން ކުރުމުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖުބޫރުވުމުން އެމީހުން އުފަން ވިލެޖްތަކަށް ގިނަ ބަޔަކު ދިޔައީވެސް ހިނގާފަ އެވެ. ހިނގާފައި އެވަރުބަލިކަމާއެކު ދިޔައިރުވެސް އެމީހުންނަށް މިއިން ދުވަހަކުވެސް އުންމީދުގެ ހަބަރެއް ލިބޭނެކަމެއް ނޭންގެ އެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ބުނާގޮތުގައި އިންޑިޔާގެ 400 މިލިއަން މީހުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށް އައުމުން ފަގީރުކަމުގެ ތެރެއަށް އިތުރަށް ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ވަނީ އެގައުމުގެ 800 މިލިއަން މީހުންނަށް ބޭނުންވާ ކާބޯތަކެތި ދިނުމަށާއި ސަބްސިޑީގެ ގޮތުގައި ފައިސާ ސީދާ އެމީހުންގެ އަތަށް ދިނުމަށް ނިންމާފަ އެވެ. އެހެންނަމަވެސް އެކަމާއި ގޮތުން ސުވާލުކުރި ކޮންމެ ހަތް މީހަކުން އެކަކު ވަނީ އެފަދަ އެހީއެއް ނުލިބޭކަމަށް ބުނެފަ އެވެ. އިންޑިޔާގެ ސަރުކާރުން އަންނަނީ އެމީހުންނަށް ބޭނުންވާ ފައިސާ ނޭޝަނަލް ސްކީމެއްގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަކަށް ޖަމާކުރާނެކަމަށް ބުނަމުންނެވެ.

ރަޖްނީ ދޭވީ އަކީ ތިން ކުދިންގެ މަންމައެކެވެ. އޭނާ އަށް މިހާރު ދުވަސްތައް ހޭދަކުރަން މަޖުބޫރުވެފައިވަނީ ނިއުދިއްލީގެ ބޭރުގައި ހުންނަ ޓެންޓްތަކެއްގަ އެވެ. 30 އަހަރުގެ ރަޖްނީ ދޭވީ ބުނީ ބަނޑުހައިހޫނު ކަމުގައި މިގޮތަށް ދިރިއުޅުމަށްވުރެ މަރުވުންވެސް މާ ރަނގަޅު ކަމަށެވެ. އަބަދުވެސް ސަރުކާރުން އެހީތައް ދޭނެކަމަށް ބުނާކަމަށާއި ނަމަވެސް އެމީހުން އުޅޭ ހާލު ބަލާލަންވެސް ނާންނަކަަމަށް ރަޖްނީ ދޭވީ ބުންޏެވެ.

އިންޑިޔާގެ އެތައް މިލިއަން ފަގީރުންގެ ހާލަތަކީ މިއަދު މިއީއެވެ. އެމީހުންގެ މުސްތަގްބަލްވަނީ ބަނަވެފަ އެވެ. ކޮވިޑް-19 އިން ސަލާމަތްވުމަށްވުރެ އެމީހުންގެ ބަނޑުފުރާނަ މުއްތިކުރަން ބޭނުންވާ ކާނާ މިއަދު އެމީހުންނަށް މާމުހިންމެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީގެ ބޮޑު ބައެއް މިއަދު ތަހައްމަލުކުރަމުން އަންނަނީ ކޮވިޑް-19 ގެ ވައިރަސް އެއް ނޫނެވެ. ބަނޑުހައި ހޫނު ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

17 އޮކްޓޯބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު