Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޔާ، އަލުވި އަދި ބިސް

ފިޔާ، އަލުވި، ބިހުގެ އަގު ކޮންޓްރޯލް ކުރެވޭ ބީދައިން ގޭގެ ކުލިވެސް ކޮންޓްރޯލް ކުރެވެންޖެހޭ: އަލީ ހުސައިން

5 އެޕްރީލު 2020 | އާދީއްތަ 07:17

މާލޭގައި ދިރިއުޅޭ 60 ޕަސެންޓަށް ވުރެ ގިނަ މީހުން ދިރިއުޅެނީ ކުށްޔަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 އެޕްރީލު 2020 | އާދީއްތަ 07:17
މީހަކު ފިޔާތަކެއް ސާފުކުރަނީ

މީހަކު ފިޔާތަކެއް ސާފުކުރަނީ

ފިޔާ، އަލުވި، ބިހުގެ އަގުކޮށް ކޮންޓްރޯލް ކުރާ ބީދައިން، ގޭގެ ކުލި ވެސް ކޮންޓްރޯލް ކުރެވެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލިވެސް ކޮންޓްރޯލު ކުރެެވެން އެބަޖެހޭ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ، ބޭންކު ލޯނު ދައްކާ ނިމިފައިހުރި ބިލްޑިންގްތައްވެސް މަދެއް ނޫން ކަމަށާއި، ޑިމާންޑް އެންޑް ސަޕްލައިގެ އުސޫލު ތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު ކަމަށެވެ.

Advertisement - newsAdvertisement

ފިޔާ، އަލުވި ބިހަކީ އެކި ދުވަސްވަރު ވަރަށް ތަފާތު އަގުތަކުގައި ވިއްކާ ދިވެހިން ކެއުމަށް ބޭނުންކުރާ އެންމެ އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. ހާާއްސަކޮށް، ރޯދަމަހާ ދިމާކޮށް، މިފަދަ ކާބޯތަކެތީގެ އަގުތަށް އިންތިހާއަށް މައްޗަށްދެއެވެ. އެގޮތަށް އަގުތައް މައްޗަށްދާއިރު، ސަރުކާރުން އަގު ކޮންޓްރޯލް ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް، އެތަކެތި އެތެރެކޮށް، ކޮންޓްރޯލް އަގެއްގައި ވިއްކަމުން ދެއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ކާބާތަކެއްޗާއި ބޭހާއި އަދިވެސް އަސާސީ ބައެއް ތަކެތީގެ އަގުތަށް ބޮޑު ކުރަމުންދާތީ އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ތަކެތި އަގު ބޮޑުކޮށް ވިއްކާ ފަރާތްތަކުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގެ މާކެޓުގައި ފިޔާ، އަލުވި އަދި ބިސް، ބޮޑު އަގުގައި ވިއްކާ ނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގެ ދަށުން މިވަގުތު ގައުމުގެ އިގްތިސާދީ ހާލަތު ހުރިގޮތުން ބައެއް ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޓެކްސީގެ އަގުތަކަކީ ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ އަގެއްގައި ދޭންޖެހޭ ހިދްމަތެކެވެ.

މާލޭގައި ދިރިއުޅޭ 60 ޕަސެންޓް މީހުން ދިރިއުޅޭނީ ކުށްޔަށެވެ. ކުލީގެ އަގުބޮޑު ވާހަކައަކީ އަބަދުވެސް ދައްކަމުންދާ ވާހަކަ އެކެވެ.

ސޯސަލް ހައުންސިންގެ ޕްރޮގްރާމްގެ ދަށުން، ބޯހިޔާވަހިކަމަށް ހައްލެއް ނުގެނެވި، މާލޭގެ ކުލީގެ އަގު ހެޔޮނުވާނެ ކަމަށް އިމާރާތްކުރުމުގައި އުޅޭ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް