Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޮން ހެއުން-މިން

ސޮން އަސްކަރީ ޚިދުމަތަށް

4 އެޕްރީލު 2020 | ހޮނިހިރު 12:26

ސީޒަނުގެ މެދުތެރެއިން ސޮން އަށް ވަނީ އަނިޔާވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 4 އެޕްރީލު 2020 | ހޮނިހިރު 12:26
ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހެއުން-މިން

ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހެއުން-މިން

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮތުމުން، ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެގައުމުގެ ގާނޫނުގައިވާ ކަންތައް ފުރިހަމަ ކުރުމަށް އަސްކަރީ ޚިދުމަތުގައި ބައިވެރިވާން ނިންމައިފިއެވެ.

ސީޒަންގެ މެދުތެރެއިން އަތަށް ލިބުނު އަނިޔާ އާއެކު މި ސީޒަނުގައި އޭނާއަށް ދެން ނުކުޅެވޭނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ޔޫރަޕުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ވަނީ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލާފައެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައި ވަނީ އެގައުމުގެ ފިރިހެނުން، އުމުރުން 28 އަހަރު ފުރުމުގެ ކުރިން އަސްކަރިއްޔާގައި ދެ އަހަރު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ގައުމަށް އެކި ރޮނގު ރޮނގުން ރަންވަނަ ހޯދައިދޭ ފަރާތްތަކަށް އެގައުމުގެ ސަރުކާރުން ކޮންމެސް ވަރެއްގެ ލުޔެއް ދެޔެވެ. އެގޮތުން 2018 ވަނަ އަހަރު އޭޝިއަން ގޭމްސް ފުޓްބޯޅަ އިވެންޓުން ސޮންގެ ކެޕްޓަން ކަމުގެ ދަށުން ކޮރެއާއިން ވަނީ ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އެހެންކަމުން އެ ގައުމުގެ ސަރުކާރުން ވަނީ ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިންނަށް ލުޔެއް ދޭން ނިންމާފައެވެ. އެގޮތުން ސޮން އަށް ދިން ލުޔަކީ ހަތަރު ހަފްތާ ވަންދެން އަސްކަރީ ޚިދުމަތުގައި މަސައްކަތް ކުރުމެވެ.

މީގެ ދެ ހަފްތާ ކުރިން ޓޮޓެންހަމުން ވަނީ ސޮން އަށް އަމިއްލަ ސަބަބުތަކަށްޓަކައި ވީއްލުމަށް ނިންމައިފައިވާ ކަމަށް ބުނެފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސޮން ވީއްލުމަށް ނިންމާފައިވަނީ އަސްކަރީ ޚިދުމަތަށް ގުޅުމަށް އޭނާ އެދުމުންނެވެ. އަދި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 27 އަހަރުގެ ސޮން މިހާރު އަންނަނީ އަސްކަރީ ޚިދުމަތަށް ގުޅުމުގެ ގޮތުން ފިޓްވުމަށް ގޭގައި ޓްރެއިނިން ފަށާފައެވެ.

ދެކުނު ކޮރެއާއިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެގައުމުގެ ކުޅިވަރު ދެ ޓީމަކަށް އަސްކަރީ ޚިދުމަތަށް ލުޔެއް ދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2020

ސޮންއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހައްގު: މޮރީނިއޯ

23 އޮކްޓޯބަރު 2020
ސޮންއަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހައްގު: މޮރީނިއޯ
20 އޮކްޓޯބަރު 2020

ޓޮޓެންހަމުން ސޮންގެ އެއްބަސްވުން އާކުރަނީ

20 އޮކްޓޯބަރު 2020
ޓޮޓެންހަމުން ސޮންގެ އެއްބަސްވުން އާކުރަނީ
04 ޖޫން 2020

އަސްކަރީ ތަމްރީނުތަކަކީ ލިބުނު ރަނގަޅު ތަޖުރިބާއެއް: ސޮން

04 ޖޫން 2020
އަސްކަރީ ތަމްރީނުތަކަކީ ލިބުނު ރަނގަޅު ތަޖުރިބާއެއް: ސޮން
16 މެއި 2020

އަސްކަރީ ތަމްރީނުތަކަށްފަހު ސޮން އެނބުރި އިންގްލެންޑަށް

16 މެއި 2020
އަސްކަރީ ތަމްރީނުތަކަށްފަހު ސޮން އެނބުރި އިންގްލެންޑަށް
08 މެއި 2020

ގަދަ ފަހެއްގައި ހިމެނި، ސޮން އަސްކަރީ ތަމްރީން ފުރިހަމަކޮށްފި

08 މެއި 2020
ގަދަ ފަހެއްގައި ހިމެނި، ސޮން އަސްކަރީ ތަމްރީން ފުރިހަމަކޮށްފި
12 އެޕްރީލު 2020

އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ

12 އެޕްރީލު 2020
އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ
29 ފެބުރުއަރީ 2020

ސޮން އިންގްލެންޑްގައި ކަރަންޓީނުކުރަން ނިންމައިފި

29 ފެބުރުއަރީ 2020
ސޮން އިންގްލެންޑްގައި ކަރަންޓީނުކުރަން ނިންމައިފި
18 ފެބުރުއަރީ 2020

ސޮން އަށް އަނިޔާވެ ކުޅުމާއި ދުރަށް

18 ފެބުރުއަރީ 2020
ސޮން އަށް އަނިޔާވެ ކުޅުމާއި ދުރަށް
06 ފެބުރުއަރީ 2020

ފަހު ވަގުތު ސޮން ޖެހި ލަނޑާއި އެކު ޓޮޓެންހަމްއިން އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް!

06 ފެބުރުއަރީ 2020
ފަހު ވަގުތު ސޮން ޖެހި ލަނޑާއި އެކު ޓޮޓެންހަމްއިން އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް!
25 މާރިޗު 2018

ކޭންއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ: ސޮން

25 މާރިޗު 2018
ކޭންއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ: ސޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް