Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސޮން ހުއެން-މިން

އަސްކަރީ ތަމްރީން ބަލަން އެއްނުވާން ސޮން އެދިއްޖެ

12 އެޕްރީލު 2020 | އާދީއްތަ 07:41

ހަތަރު ހަފްތާ ވަންދެން އަސްކަރީ ޚިދުމަތުގައި ސޮން މަސައްކަތް ކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އެޕްރީލު 2020 | އާދީއްތަ 07:41
ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހުއެން-މިން

ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހުއެން-މިން

އަސްކަރީ ތަމްރީނަށް ނުކުތުމުން މަންޒަރު ބަލަން މީހުން އެއްނުވާން، ދެކުނު ކޮރެއާ އާއި ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ސޮން ހުއެން-މިން އެދިއްޖެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮތުމުން، ސޮން ވަނީ އެގައުމުގެ ގާނޫނުގައިވާ ކަންތައް ފުރިހަމަ ކުރުމަށް އަސްކަރީ ޚިދުމަތުގައި ބައިވެރިވާން ނިންމާފައެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައި ވަނީ އެގައުމުގެ ފިރިހެނުން، އުމުރުން 28 އަހަރު ފުރުމުގެ ކުރިން އަސްކަރިއްޔާގައި ދެ އަހަރު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ގައުމަށް އެކި ރޮނގު ރޮނގުން ރަންވަނަ ހޯދައިދޭ ފަރާތްތަކަށް އެގައުމުގެ ސަރުކާރުން ކޮންމެސް ވަރެއްގެ ލުޔެއް ދެޔެވެ. އެގޮތުން 2018 ވަނަ އަހަރު އޭޝިއަން ގޭމްސް ފުޓްބޯޅަ އިވެންޓުން ސޮންގެ ކެޕްޓަން ކަމުގެ ދަށުން ކޮރެއާއިން ވަނީ ރަން މެޑަލް ކާމިޔާބުކޮށްފައެވެ. އެހެންކަމުން އެ ގައުމުގެ ސަރުކާރުން ވަނީ ރަން މެޑަލް ހޯދި ޓީމުގެ ކުޅުންތެރިންނަށް ލުޔެއް ދޭން ނިންމާފައެވެ. އެގޮތުން ސޮން އަށް ދިން ލުޔަކީ ހަތަރު ހަފްތާ ވަންދެން އަސްކަރީ ޚިދުމަތުގައި މަސައްކަތް ކުރުމެވެ.

މިހާރު އޮތްގޮތުން އުމުރުން 27 އަހަރުގެ ސޮން އަށް ހަމަޖެހިފައި އޮތީ މި މަހު 20 ވަނަ ދުވަހު ކޮރެއާގެ ޖެޖޫގައި ތިން ހަފްތާގެ އަސްކަރީ ތަމްރީނުތަކަށް ފަހު، އާންމުންގެ ޚިދުމަތުގައި ވަކި މުއްދަތެއް ފުރިހަމަކުރުމަށެވެ.

ކޮރެއާގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ސޮން ބުނީ ކޮވިޑް-19 ފެތުރޭތީ މީހުން އެއްވެ އުޅުން ސަރުކާރުން މަނާކޮށްފައިވާ ކަމަށާއި، އޭނާގެ ތަމްރީނުތައް ފެށުމުން މަންޒަރު ބަލަން ރައްޔިތުން ތަންތަނަށް އެއް ނުވާން އެދޭ ކަމަށެވެ. އަދި މި ވައިރަހުގެ ނުރައްކަލުން ސަލާމަތްވެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށްވެސް ސޮން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް ދެކުނު ކޮރެއާ އިން 10،512 މީހުން ޕޮޒިޓިވްވެފައިވާއިރު، އެގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން 214 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2018

ސައުދީގައި ފުޓްބޯޅަ ބަލަން ފުރަތަމަ ފަހަރަށް އަންހެނުނަށް ދަނޑަށް ވަނުމުގެ ހުއްދަ ލިބިއްޖެ

12 ޖެނުއަރީ 2018
ސައުދީގައި ފުޓްބޯޅަ ބަލަން ފުރަތަމަ ފަހަރަށް އަންހެނުނަށް ދަނޑަށް ވަނުމުގެ ހުއްދަ ލިބިއްޖެ
07 އޮކްޓޯބަރު 2017

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
03 ސެޕްޓެމްބަރު 2017

ގަތަރުގައި ތަމްރީން ހެދުމަށްފަހު ގައުމީ ޓީމު މެޗު ކުޅުމަށް އޮމާނަށް ފުރައިފި

03 ސެޕްޓެމްބަރު 2017
ގަތަރުގައި ތަމްރީން ހެދުމަށްފަހު ގައުމީ ޓީމު މެޗު ކުޅުމަށް އޮމާނަށް ފުރައިފި
02 ސެޕްޓެމްބަރު 2017

ގަތަރުގައި ތަމްރީންތައް ހެދުމަށް ފަހު މެޗު ކުޅުމަށް ގައުމީ ޓީމު މާދަމާ އޮމާނަށް ފުރަނީ!

02 ސެޕްޓެމްބަރު 2017
ގަތަރުގައި ތަމްރީންތައް ހެދުމަށް ފަހު މެޗު ކުޅުމަށް ގައުމީ ޓީމު މާދަމާ އޮމާނަށް ފުރަނީ!
07 ޖުލައި 2017

ޕޮގްބާއާ އެކު ލުކާކޫ ލޮސް އެންޖެލަސްގައި ތަމްރީން ހަދައިފި

07 ޖުލައި 2017
ޕޮގްބާއާ އެކު ލުކާކޫ ލޮސް އެންޖެލަސްގައި ތަމްރީން ހަދައިފި
02 ޖުލައި 2017

ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް މެތިއުއަށް ބާސާ އިން ހުއްދަދީފި

02 ޖުލައި 2017
ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް މެތިއުއަށް ބާސާ އިން ހުއްދަދީފި
03 ޖޫން 2017

ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި

03 ޖޫން 2017
ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި
30 މެއި 2017

ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް

30 މެއި 2017
ޗެމްޕިއަންސް ލީގު ކާމިޔާބުނުވެ ބުފޮން ކުޅުން ހުޓާލާތަން ބަލަން ބޭނުމެއް ނޫން: ކަސިލަސް
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް