ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 15:43
ބޮޑުވަޒީރު ލީ ހުކުރު ދުަވަހު ޓީވީ މެދުވެރިކޮށް ސިންގަޕޫރުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ބޮޑުވަޒީރު ލީ ހުކުރު ދުަވަހު ޓީވީ މެދުވެރިކޮށް ސިންގަޕޫރުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑް-19 ފެތުރޭތީ 1 މަސް ދުވަހަށް ސިންގަޕޫރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރަނީ
 
ހާލަތު ރަނގަޅު ނުވާ ނަމަ ބަންދުގެ މުއްދަތު އިތުރު ކުރާނެ ކަމަށް އޮފިޝަލުން ބުނޭ

ސިންގަޕޫރުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސްކޫލްތަކާއި މަސައްކަތް ކުރާ ގިނަ ތަންތަން 1 މަސް ދުވަހުގެ މުއްދަތައް ބަންދު ކުރަން ސިންގަޕޫރު ސަރުކާރުން ނިންމާ އެކަން ބޮޑުވަޒީރު ލީ ސެންގ ލޫންގް ހުކުރު ދުވަހު އިއުލާން ކުރައްވައިފިއެވެ.

މި މުއްދަތުގެ ތެރޭގައި އަސާސީ ޚިދުމަތް ދިނުމަށް ސްޕަރމާކޭޓްތަކާއި ބޭންކުތަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަން ހުޅުވިފައި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރަނަ ނުދިނުމަށް ސިންގަޕޫރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ދުނިޔޭގެ ތައުރީފް ލިބިފައިވަނިކޮށް ކުއްލިއަށް ބަލި ފެތުރުން ސިންގަޕޫރުގައި ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ކޮވިޑް-19 ޖެހިފައިވާ 1114 މީހުން ތިބި ކަމަށް ދައްކާއިރު، 5 މީހުން ބަލީގައި މިހާތަނަށް ސިންގަޕޫރުގައި މަރުވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.

ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ސިންގަޕޫރު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ލީ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާ ތަކުގައި މަޑުމަޑުން ފިޔަވަޅުތައް އަޅަމުން ގެންދިއުމުގެ މަޑުކުރުމުގެ ބަދަލުގައި ރޯގާ ފެތުރުން މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅުއްވަން ނިންމެވީ ކަމަށެވެ.

މި ފިޔަވަޅުތައް އޭޕްރީލް 7 ން މެއި 4 ށް ދަމަހައްޓަން ސިންގަޕޫރުން ވަނީ ނިންމާފައެވެ. ހާލަތު ރަނގަޅުވަމުން ނުދާނަމަ، މުއްދަތު އިތުރުކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ސިންގަޕޫރުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވެއެވެ.

މުހިންމު ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސިންގަޕޫރު ރައްޔިތުންގެ ކިބައިން ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް