Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބުނާން-އިޒްރޭލު ހަނގުރާމަ

ހިޒްބުﷲގެ ގިނަ ރޮކެޓް ހަމަލާތަކެއް އިޒްރޭލުގެ އުތުރަށް ދީފި

އިޒްރޭލުގެ ސަރަހައްދަށް ވަތް ޑްރޯން ފާހަގަ ނުކުރެވި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ސައިރަނެއް ނުޖެހި، އަދި އަމާޒުކުރި ތަނަށް ޑްރޯން ފޯރުމަކީ އިޒްރޭލުގެ ސަލާމަތީ އޮފިޝަލުން ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނޭ

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2024 | އާދީއްތަ 03:45
ދެކުނު ލުބުނާނުގެ ރަށްބޭރު ސަރަހައްދުތަކަށް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން ދުމުގެ ވިލާގަނޑެއް އުފެދިފައި

ދެކުނު ލުބުނާނުގެ ރަށްބޭރު ސަރަހައްދުތަކަށް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ބޮން އެޅުމުގެ ސަބަބުން ދުމުގެ ވިލާގަނޑެއް އުފެދިފައި

ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ކަމުގައިވާ ހިޒްބުﷲ އިން އިޒްރޭލުގެ އުތުރަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އަނެއްކޮޅުން، އިޒްރޭލުން ވަނީ ބެއިރޫތުގެ ދެކުނުން ރަށްބޭރު ސަރަޙައްދުތަކަށް އެތައް ވައިގެ ހަމަލާއެއް ދީފިއެވެ.

އިޒްރޭލަށް ހޮނިހިރު ދުވަހު ދިން ހަމަލާތަކުގެ ތެރޭގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޗުއްޓީ ހޭދަކުރައްވާ ގެޔަށް ދިން ހަމަލާ ހިމެނެއެވެ.

މި ހަމަލާއާ ގުޅިގެން ނަތަންޔާހޫގެ ތަރުޖަމާނު ދިން ބަޔާނުގައި ލުބުނާނުން ނަތަންޔާހޫގެ ގެއަކަށް އަމާޒުކޮށް ފޮނުވާލި ތިން ޑްރޯނުގެ ތެރެއިން އެއް ޑްރޯން އެ ގެއަށް ވާސިލުވިކަން ފާހަގަ ކުރިއެވެ. ނަމަވެސް ހަމަލާ ދިން އިރު ބޮޑުވަޒީރު އެ ސަރަހައްދުގައި ނޫޅުއްވާ ކަމަށާއި، އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް ބުންޏެވެ.

އިޒްރޭލުގެ ސިފައިން ބުނާ ގޮތުގައި އަނެއް ދެ ޑްރޯން ވަނީ މަތަކޮށްފައެވެ.

ލުބުނާނުން އިޒްރޭލުގެ އުތުރަށް ހޮނިހިރު ދުވަހު ދިން ހަމަލާތުގައި 100 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކުގައި އެކަކު މަރުވެ، މަދުވެގެން 13 މީހުން ޒަޚަމްވި ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އަނެއްކޮޅުން ނަތަންޔާހޫގެ ޗުއްޓީ ހޭދަކުރައްވާ ގެއަށް ދިން ހަމަލާއާ ގުޅިގެން ނަތަންޔާހޫ ނެރުއްވި ބަޔާނުގައި އެ ހަމަލާއަކީ "އީރާނުގެ ޕްރޮކްސީތަކުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް،" ވިދާޅުވިއެވެ.

ހިޒްބުﷲ އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ. ހޮނިހިރު ދުވަހުގެ ރޮކެޓް ހަމަލާތައް އައީ، އެ ޖަމާއަތުން ހަނގުރާމައިގެ އައު މަރުޙަލާއެއް ފެށުނު ކަމަށް އިޢުލާނުކުރިތާ އެއްދުވަސް ފަހުންނެވެ.

ސީޒޭރިއާގައި ހުންނަ ނަތަންޔާހޫގެ ގެއަށް ދިން ޑްރޯން ހަމަލާއަށް ހިޒްބުﷲ އިން ޒިންމާ ނަގާފައި ނުވި ނަމަވެސް، އިޒްރޭލުގެ އުތުރާއި މެދުތެރެއަށް އެތައް ރޮކެޓް ހަމަލާއެއް ދިން ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

އަލްޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި ހިޒްބުﷲ ގެ ޑްރޯން ހަމަލާއިން އިޒްރޭލުގެ ސަލާމަތީ އިދާރާތަކުގެ ކަންބޮޑުވުން އިތުރުވާނެއެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ފާހަގަ ކުރި ގޮތުގައި ލުބުނާނުގެ ބޯޑަރުން ފެށިގެން 70 ކިލޯމީޓަރު (43 މޭލު) އިޒްރޭލުގެ ސަރަހައްދަށް ވަތް ޑްރޯން ފާހަގަ ނުކުރެވި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ސައިރަނެއް ނުޖެހި، އަދި އަމާޒުކުރި ތަނަށް ޑްރޯން ފޯރުމަކީ އިޒްރޭލުގެ ސަލާމަތީ އޮފިޝަލުން ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމެއް ކަމުގައެވެ.

އޭނާ އިތުރަށް ފާހަގަ ކުރި ގޮތުގައި ލުބުނާނުން "ވަރަށް ގިނަ އަދަދެއްގެ ރޮކެޓް" ބޭނުން ކޮށްފައިވަނީ ނަތަންޔާހޫގެ ގެއަށް ހަމަލާ ދިނުމަށް ފޮނުވާލި ޑްރޯން ފޮރުވުމަށެވެ. އޭނާ ބުނި ގޮތުގައި އެހެން ސަރަހައްދުތަކުގައި، ގެލިލީ އަދި ހައިފާ ސިޓީ ހިމެނޭގޮތަށް ސައިރަންގެ އަޑު އިވިފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ލުބުނާނުގެ ޢާންމު ޞިއްޙަތާ ބެހޭ މިނިސްޓްރީން ރިޕޯޓުކުރި ގޮތުގައި ހުޅަނގު ބެކާ ސަރަޙައްދުގެ ބާލޫލް އަވަށުގެ އެޕާޓްމަންޓް އިމާރާތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 4 މީހުން މަރުވެ، 13 މީހުންނަށް އަނިޔާވެފައިވެއެވެ.

ލުބުނާނުގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި އިޒްރޭލުގެ ވައިގެ ހަމަލާތައް ބެއިރޫތުގެ ދެކުނުން ރަށްބޭރު ސަރަޙައްދުތަކަށްވެސް އަމާޒުކޮށްފައިވެއެވެ.

މީޑިއާ އިން އާންމު ކުރި އެ ސަރައްދުގެ ފޮޓޯތަކުން، އެ ސަރަހައްދަށް އިޒްރޭލުން ދިން ބާރުގަދަ ހަމަލާގެ ސަބަބުން ޖައްވުގެ ތެރެއަށް ބޯ ދުމުގެ ވިލާގަނޑެއް އަރަމުންދާ މަންޒަރު ފެނިފައިވެއެވެ. އެ ސަރައްދަށް ވައިގެ މަގުން އިޒްރޭލުން ހަމަލާދިނީ އެ ސަރަހައްދު ހުސްކޮށް ވަޒަންވެރިން ފައިބައިގެން ދިއުމަށް އަމުރުކުރިތާ ގާތްގަނޑަކަށް އެއް ގަޑިއިރު ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި ހާރެތް ރީކް ސަރަޙައްދުގެ އިމާރާތަކަށް އިޒްރޭލުން ދެ ހަމަލާއެއް ދީފައިވެއެވެ. އަދި އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ޝުވެއިފާތުގެ އަލް-އުމާރާ ސަރަޙައްދަށް ވެސް ހަމަލާދީފައިވެއެވެ.

ލުބުނާނުގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ހަމަލާތައް ދިނުމަށްފަހު އިޒްރޭލުން ބުނަމުން އަންނަނީ ހަމަލާދިނީ ހިޒްބުﷲގެ އަމާޒުތަކަށް ކަމުގައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު