Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަން

މިނިސްޓަރ ޒަހާގެ އިލްތިމާސް: ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރައްވާ!

3 އެޕްރީލު 2020 | ހުކުރު 07:53

ރާއްޖޭގައި ޒަމާނުއްސުރެ އުފައްދަމުން އަންނަ ފަލަމަޑީގެ ބާވަތްތައް އުފައްދާ އުފެއްދުން އިތުރުކުރަންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 އެޕްރީލު 2020 | ހުކުރު 07:53
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު

ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މި ދަނޑިވަޅުގައި އިތުރަށް މަސައްކަތް ކުރެއްވުމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު އިލްތިމާސްކުރައްވައިފިއެވެ.

އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ ދަނޑުވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. އަދި ދަނޑުވެރިންނަށްކުރާ އިލްތިމާސްއަކީ އުފައްދާ އުފެއްދުންތައް އިތުރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ އުފައްދަމުން އަންނަ ފަލަމަޑީގެ ބާވަތްތައް އުފައްދާ އުފެއްދުން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަލަމަޑީގެ ބައެއް ބާވަތްތައް ހެއްދުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް އައު ކްލައިމެޓް ރެޒިލިއަންޓް ވެރައިޓީތަކެއް ގެނެސް މުޑުވައް އިތުރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަނޑުވެރިން ވިއްކާ އެއްޗެހި ގަތުންކަމަށެވެ. އަދި ދަނޑުވެރިންނަށް މެދުކެނޑުމެއް ނެތި އާމްދަނީ ލިބޭނެ ގޮތްތަކެއް ކަނޑައެޅުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް މިހާރު ދޫކޮށްފައިވާ ފަޅުރަށްރަށުން އުފެއްދޭ މިންވަރާއި މާކެޓަށް ނެރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، ދަނޑުވެރިންނާއި މަޝްވަރާކުރަމުންދާކަމަށެވެ.

އޭގެ އިތުރުން، ދަނޑުވެރިންގެ އުފެއްދުންތެރިކަން އިތުރުކޮށް ރާއްޖެއިން ބޭރަށް ބަރޯސާވާ މިންވަރު މަދުކުރުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ އިމްޕޯޓު ސަބްސިޓިއުޝަން ޕްރޮގުރާމްގެ ދަށުން މިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ރާއްޖެއަށާއި ދުނިޔޭގެ އެކި ގައުމުތަކަށް ވަނީ ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ގިނަ ގައުމުތަކެއް ލޮކްޑައުން ކުރުމާއި، ފްލައިޓްތައް މަޑުޖައްސާލުމުން ބައެއް ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް އިމްޕޯޓަރުންނަށް އަންނަނީ ކުރިމަތިވަމުންނެވެ.

ރާއްޖެއަކީ ކާބޯތަކެތި ގަންނަން ބޮޑު ހޭދައެއް ކުރާ ގައުމެކެވެ. 2018 ގެ ތަފާސްހިސާބުތަކަށް ބަލާލާ ކަމުގައިވީނަމަވެސް، ގޭބިސީތަކުގައި ބޭނުންކުރުމަށް، 4.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ވަނީ އެތެރެކޮށްފައެވެ. މިއީ ބޮލަކަށް ޖެހޭ ނިސްބަތުން ބަލާނަމަ، ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު އަދަދެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް