Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކާބޯތަކެތި

ބުޅަލާއި ކުއްތާ ކެއުން މަނާކުރާ ޗައިނާގެ ފުރަތަމަ ސިޓީ އަކަށް ޝެންޒެން

ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން ގެންދަނީ ޖަނަވާރުގެ ބާވަތްތައް ކެއުމުގައި ބޭނުން ކުރުމާ ބެހޭ ގޮތުން ހަރުކަށި ފިޔަވަޅު އަޅަމުން

ރާއްޖެ އެމްވީ | 2 އެޕްރީލު 2020 | ބުރާސްފަތި 14:38
ޗައިނާގެ ހުއާންޝާ ސީފުޑް މާރުކޭޓުގައި މީހަކު ކިނބުލެއް ސާފު ކުރަނީ

ޗައިނާގެ ހުއާންޝާ ސީފުޑް މާރުކޭޓުގައި މީހަކު ކިނބުލެއް ސާފު ކުރަނީ

ޗައިނާގެ ޝެންޒެން ސިޓީގައި އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބުޅަލާއި ކުއްތާ ކެއުމަކީ މަނާ ކަމެއްކަން ބުރާސްފަތި ދުވަހު އެ ސިޓީގެ ސަރުކާރުން އިއުލާން ކޮށްފި ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

މިއާ އެކު ޝެންޒެން ވެގެން ގޮސްފައިވަނީ ބުޅަލާއި ކުއްތާ ކެއުން މަނާ ކުރި ޗައިނާގެ ފުރަތަމަ ސިޓީ އަށެވެ.

މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލު ކުރުމަށް އެ ސިޓީގެ ސަރުކާރުން ފާސްކޮށްފައިވާ އައު ގަވައިދުގައިވާ ގޮތުން އޮޅުކޮށްގެން ގެންގުޅޭ ބާވަތުގެ ޖަނަވާރު ކެއުމުގައި ބޭނުން ކުރުމަކީ އެ ސިޓީގައި މަނާ ކަމެކެވެ.

ހިއުމޭން ސޮސައިޓީ އިންޓަރނޭޝަނަލް އިން އަންދާޒާ ކުރާ ގޮތުގައި އަހަރެއްގެ ތެރޭގައި ޗައިނާގައި 10 މިލިއަން ކުއްތާ އާއި 4 މިލިއަން ބުޅާ އެ ތަކެތީގެ މަހުގެ ވިޔަފާރިއަށް މަރާލެވެއެވެ.

ކޮރޯނާވައިރަސް އާއްމު ވުމާއި ގުޅިގެން ޗައިނާގައި ފާސް ކުރި ގާނޫނަކުން، ގުދުރަތީ މާހައުލުގައި އުޅޭ ޖަނަވާރު ކެއުމުގައި ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.

ކޮރޯނާވައިރަސް ބަލި ފެތުރުނީ، ޗައިނާގެ ވުހާންގެ ޖަނަވާރު މަސް ވިއްކާ މާރުކޭޓަކުން ކަމަށް ބެލެވިފައިވުމާއެކު، މިފަދަ އެހެން ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށް ޖަނަވާރުގެ މަހުގެ ބާވަތްތައް ބޭނުން ކުރުމާބެހޭ ގަވައިދުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ޗައިނާގެ އޮފިޝަލުން ދެކެއެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ޖަނަވާރުގެ ބާވަތްތައް ޗައިނާގައި ބޭނުން ކުރުން ކޮންޓްރޯލް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ ކެއުމަށް ބޭނުން ކުރުމުގެ އިތުރުން ޗައިނާގެ ސަގާފަތުގައި، އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމާއި، އެއްގަމު ޖަނަވާރުގެ ބައިތައް ބޭސްވެރިކަމަށާއި، ޒީނަތްތެރި ވުމަށާއި، ފޭރާން ތައްޔާރު ކުރުމުގައި ބޭނުން ކުރުން އާއްމުވެފައި އޮތުމުގެ ބޮޑުކަމުގެ ސަބަބުންނެވެ.

2003 ވަނަ އަހަރު ސާސް ރޯގާ ފެތުރުމާއެކު، ބައެއް ބާވަތުގެ ޖަނަވާރުގެ ބޭނުން ކުރުން ޗައިނާގައި މަނާ ކުރިއެވެ. ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒް ކުރެވިފައެއް ނުވެއެވެ.

މިހާރުވެސް ޗައިނާގެ ސުފުރާތަކުގައި ޖަނަވާރުގެ ބައިތަކުން ތައްޔާރުކޮށްފައި ހުންނަ ކެއުންތަކުގެ އެތައް ވައްތަރެއް ފެނުމަކީ އާއްމު ކަމެކެވެ.

އިތުރަށް ކިޔާލަން

25 މެއި 2017

ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!

25 މެއި 2017
ރަމަޟާން މަހުގައި ކެއުން ބުއިމުގައި ސަމާލުވާންޖެހޭ ކަންކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު