Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ވިއްކޭނެ ގޮތް ހަދައިދޭނަން: އަމީރު

ހައްދާ ހުރިހާ ތަކެއްޗެއް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، ގަނެވޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 1 އެޕްރީލު 2020 | ބުދަ 18:35
ކަރާ ދަނޑު

ކަރާ ދަނޑު

ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކުރުމަކީ އެމްޑިޕީގެ ވައުދެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުނިތަކުން ގަންނަ އުސޫލުން، ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތައް ހިމެނިފައިވާއިރު، އެކަންތައް ކުރުމަށް އޭރު ރޭވިފައިހުރީ ވަކި ޓައިމްލައިންތަކަކަށް ބަހާލައިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތާއި ގުޅުވައިގެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ މަސައްކަތް ކުރުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، ގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އެސްޓީއޯއާއި އިކޮނޮކިމް މިނިސްޓްރީއާއި ގުޅިގެން އެމަސައްކަތް ކުރެވެމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން ލޯނުތައް ނަގާ، އިންވެސްޓް ކޮށްގެން ނަމަވެސް، ދަނޑުވެރި ވިޔަފާރިތައް ކުރިއެރުވުމަށް ފިނޭންސް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި އެ ފަރާތްތަކުން ހައްދާ އެއްވެސް އެއްޗެއް ނުވިކި، ބޭކާރު ނުވާނެ ކަމުގެ ޔަގީންކަމުން ދެއްވިއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު