Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ބަޔާން

ފާއިތުވީ ތިން އަހަރުތެރޭ ޓީވީއެމް ބަދަލުވެފައި ވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް: އެމްޑީޕީ

29 މާރިޗު 2017 | ބުދަ 19:03

ވަކި ފަރާތެއްގެ ޚާބަރު ގެނެސްދޭއިރު އެކަމާމެދު ބޯޑާއި އިސް މެނޭޖްމަންޓުން ހިމޭނުންތިބުމަކީ ޤާނޫނާ އަދި މިނިވަން ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފްވުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 މާރިޗު 2017 | ބުދަ 19:03
ޓީވީއެމް: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި

ޓީވީއެމް: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި

ފާއއިތުވީ ތިން އަހަރު ތެރޭގައި ޓީވީ މޯލްޑިވްސް ބަދަލުވެފައި ވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަކަށް ކަމަށް އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައި ވަނީ ދައުލަތުގެ މީޑިޔާގެ ޚިދުމަތް ދެމުން އަންނަ ޓީވީ މޯލްޑިވްސްއަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޓީވީގެ ޚިދުމަތްތެރިންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ނެރެފައިވާ ބަޔާނުގައެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ ފާއިތުވީ ތިރީހަކަށް އަހަރުތެރޭ ޓީވީއެމްއިން ވަނީ އެކި ގޮތްގޮތަށް ދިވެހިންނަށް ޚަބަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އަގުނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދީފައި ކަމަށެވެ. ދިވެހިރާއްޖެ ދެކެމުން އަންނަ ބޮޑެތި ބަދަލުތަކާ އެކު ޓީވީއެމް ވެސް އައީ ބަދަލުވެ މިނިވަން ނޫސްވެރިކަމަށާއި، ޚިޔާލުފަޅުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޗެމްޕިއަނަކަށް ވަމުން ކަމަށެވެ. އެހެން ނަމަވެސް 39 ވަނަ އަހަރު ފުރުން ޓީވީއެމްއިން ފާހަގަ ކުރަމުން އަންނައިރު، ފާއިތުވީ ތިން އަހަރުތެރޭ، ޓީވީއެމް ބަދަލުވެފައި ވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެޕާޓީން ބުނީ މިއީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ޚާއްސަކޮށް ދައުލަތުގެ މީޑިޔާއަކީ ޓީވީއެމް ކަމުގައިވާއިރު، އެތަނަކީ މިއަދު ހަމައެކަނި ވަކިފަރާތެއްގެ ޚަބަރު ގެނެސްދޭ، ސިޔާސީ ކުލަވަރު ޖެހިފައިވާ ޓީވީ ސްޓޭޝަނެއް ކަމަށެވެ. އަދި ހުރިހާ ފަރާތެއްގެ ޚަބަރު ހަމަހަމަކަމާ އެކު ގެނެސްދޭންވާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިޔާގެ ޤާނޫނުގައިވާއިރު، ޓީވީއެމްއިން ފާޅުގައި ވަކި ފަރާތެއްގެ ޚާބަރު ގެނެސްދޭއިރު އެކަމާ މެދު ޕަބްލިކް ސަރވިސް މީޑިޔާގެ ގަވަރނިންގ ބޯޑާއި އިސް މެނޭޖްމަންޓުން ހިމޭނުންތިބުމަކީ ކަނޑައެޅިގެން އެ ޤާނޫނާ އަދި މިނިވަން ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފްވުން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ޕަބްލިކް ސާވިސް މީޑިޔާއަކީ ނުފޫޒުން އެއްކިބާވެފައިވާ އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުވައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރަންވާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިޔާގެ ޤާނޫނުގައި ވީނަމަވެސް ޓީވީއެމްއިން ސަރުކާރު ހިންގާ ޕާޓީއާ ވާދަވެރި އެއްވެސް ފަރާތެއްގެ ޚަބަރު ގެނެސްނުދޭކަން އެމްޑީޕީން ވަނީ ފާހަގަ ކޮށްފައެވެ. އަދި ޓީވީއެމްގެ ޕްރޮގްރާމްތަކުގައި ވެސް ވާދަވެރި ސިޔާސީ ފަރާތްތަކުގެ އިންޓަވިއު ގެނެސްނުދިނުމަކީ ހަމަހަމަ ކަމުން އެއްކިބާވެފައިވާ ޢަމަލުތަކުގެ ހެއްކެތް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ ޓީވީއެމްގެ 39 ވަނަ އަހަރީ ދުވަހު ޓީވީއެމްއަކީ ރައްޔިތުންގެ ޚަރަދުގައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚަބަރު ފޯރުކޮށްދީ، އިޚްލާސްތެރިކަމާއެކު އެ މަސައްކަތްކޮށްދިނުމަށް ޤާނޫނުން މަތިކޮށްފައިވާ ބައެއް ކަމުގައި ހަނދާންކޮށްދޭ ކަމަށެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ މީޑިޔާ ކަމުގައިވާއިރު އަދި ވަކިން ޚާއްސަކޮށް އެއީ ދައުލަތުގެ މީޑިޔާ ކަމުގައިވާއިރު އެއީ ވަކިފަރާތެއްގެ ސިޔާސީ އެޖެންޑާ ޕްރޮމޯޓުކުރާ ބައެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ. މިފަދަ ދަށު ދަރަޖައިގެ ޙާލަތަކަށް ދައުލަތުގެ މީޑިޔާ ވެއްޓިފައި ވާތީ އެކަމާމެދު އެމްޑީޕީން ހިތާމަކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެހެންކަމުން ދައުލަތުގެ މީޑިޔާއަކީ މިނިވަން އިންސާފުވެރި ތަނަކަށް ހަދައި، ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް