Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ވަކިދުވަހެއް އަދި ކަނޑައެއް ނާޅަން، ނިންމާނީ މެމްބަރުން: އާޒިމް

29 މާރިޗު 2020 | އާދީއްތަ 11:24

ގާނޫނަށް އިސްހު ގެނެސްގެންވެސް އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅިދާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 މާރިޗު 2020 | އާދީއްތަ 11:24
މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

ކޮވިޑް-19 އާއި ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހު، މެމްބަރުން ނިންމާ ގޮތެއްގެމަތިންކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބާއްވުމަށް ހާއްސަ ގާނޫނެއް ހަދާ ވާހަކަ ފެތުރުމާއި ގުޅިގެން "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާޒިމް ވިދާޅުވީ، މައިގަނޑު ވިސްނުމެއް އޮތީ، އިންތިހާބު ފަސްކުރުމުގެ ފުރުސަތު ކޯޓުތަކަށް ދިނުމުގެ ބަދަލުގައި، އެކަމަށް ގާނޫނުގެ ތެރެއިން ފަރުވާއެއް ހޯދުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިގެންވެސް ރައްޔިތުންގެ މަޖިލީހަށް އެކަން ކުރެވެން އެބައޮތް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގައި، ހުށަހެޅޭ ހާއްސަ ބިލެއް ކަމަށްވިޔަސް، އަދި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ކަމަށްވިޔަސް، ވަކި ތާރީހެއް އޮތްނަމަ، އެކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމަށް ބަހުސް ކުރުމަށްފަހު، މަޖިލީހުގެ މެމްބަރުން ނިންމާގޮތެއްގެ މަތީން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެޓަަރނީ ޖެނެރަލްގެ އޮފީހާއި އެލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރެވި، ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބައްވާނެ ތާރީހެއް ކަނޑައެޅުމާ ގުޅޭ ހާއްސަ ބިލްގެ ޑްރާފްޓެއް ދަނީ ތައްޔާރު ކުރަމުން ނެވެ. އިލެކްޝަންސް ކޮމިޝަނުގެ މައިގަނޑު ވިސްނުން ހުރީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ނުވަތަ ޖެނުއަރީ މަހުގެ ކުރިން އިންތިހާބު ބޭއްވުން ކަމަށް ވެއެވެ. އެހެންކަމުން އިންތިހާބު ބޭއްވުން އެންމެ ގާތީ، ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު ކަމަށް ބެލެވެ އެވެ.

އެނގިފައިވާ ގޮތުގައި އެބިލްގެ ބޭނުމަކީ، ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ނުބޭއްވި ލަސްވެފައިވާތީ ގާނޫނީ ފަރުވާއެއް ހޯދުމެވެ. އަދި އެ ބިލް ފަރުމާކުރަމުން އަންނަނީ، އިންތިހާބު ނިމުމާއެކު އުވާލާ ގޮތަށެވެ.

މީގެއިތުރުން، އެބިލްގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެންބާއްވާއިރު ބާއްވާނީވެސް އިންތިހާބުގެ ކަންކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުންނެވެ. އެހެންކަމުން އިންތިހާބު ކުރިއަށް ދަނީ މިހާރު ތިބި ކެންޑިޑޭޓުންނާއެކުގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީޚަކީ އެޕްރިލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ބާއްވާ ތާރީޚު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް