ކޮވިޑް-19: އިތުރު 04 ތަނަކުން ނެގި ސާމްޕަަލް ނެގެޓިވް!
28 މާރިޗު 2020 | ހޮނިހިރު 16:23މިތިން ރިސޯޓާއި، ސަފާރީ ވަނީ މިހާރު މޮނިޓަރިންގެ ހާލަތުން ނެގިފައި

ކޮވިޑް-19ގެ އާލާމަތެއް ފެނިއްޖެ ނަމަ ސާމްޕަލް ނަގާ ޓެސްޓުކުރާނެ
ކޮވިޑް-19އަށް ޝައްކުކުރެވިގެން އިތުރު ހަތަރު ތަނަކުން ނެގި ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.
އެގޮތުން މިސާމްޕަލްތަކަކީ ތިން ރިސޯޓާއި، އެއް ސަފާރީއަކުން ނެގުނު ސާމްޕަލްތަކެކެވެ.
ސިނަމަން ހަކުރާ މޯލްޑިވް ރިސޯޓު، ގްރޭންޑް ޕާކް ކޮއްދިއްޕަރު، ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓު އަދި މާހާ ސަފާރީ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) މައުލޫމާތުދެއެވެ. މި ތިން ރިސޯޓާއި، ސަފާރީ ވަނީ މިހާރު މޮނިޓަރިންގެ ހާލަތުން ނެގިފައެވެ.
ކޮވިޑް-19 އާންމު ރައްޔިތުން ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ސާންޕަލް ނަގާ ޓެސްޓު ކުރާނެއެވެ. އަދި އެމީހަކު ހުރި ރަށެއް ނުވަތަ ރިސޯޓެއް މޮނިޓަރިންއަށް ލެވޭނެއެވެ. މޮނިޓަރިންގެ ހާލަތު އުވާލާނީ ނަތީޖާ ނެގެޓިވްވުމުންނެވެ.








