ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 21:20
ލަންކާގެ ސިފައިން ހަރަކާތްތެރިވަނީ
ލަންކާގެ ސިފައިން ހަރަކާތްތެރިވަނީ
އަލްޖަޒީރާ
ސްރީލަންކާ
ކޮވިޑް-19: އުސޫލާ ހިލާފުވެގެން 1000އަށްވުރެ ގިނަ މީހުން ލަންކާއިން ހައްޔަރުކޮށްފި
 
އެކަކު މަރުވެފައިވޭ
 
ލަންކާއިން 100އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި

ކޮވިޑް-19އާ ގުޅިގެން ކާފިއު އިއުލާންކޮށްފައިވާ ސްރީލަންކާއިން މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ރިޕޯޓުތަކުން ބުނެފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލަންކާގެ ސަރުކާރުން ވަނީ ވަރުގަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު އިއުލާންކޮށް، މަގުތަކަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އޭޕީ ނިއުސްގައި ބުނެފައިވަނީ ސަރުކާރުން އެންގުންތަކާއި ހިލާފުވި 1000 އަށްވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ، ޖަމާއަތުގައި ނަމާދުކުރަން ތިބި މީހުން ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައިވޭ.

ލަންކާގައި މިހާތަނަށް 100 އަށް ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
28 މާރޗް 2020 | ހޮނިހިރު 21:35
އާދަންބެ
ބޯހަރު ކުދިންގިނައީ