Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ސިންގަޕޫރުގައި ސޯޝަލް ޑިސްޓެންސިންގ އަށް ތަބާނުވާނަމަ 6 މަހުގެ ޖަލު ހުކުމެއް!

ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށް ހަދާފައިވާ ޤާނޫނަށް ހުކުރު ދުވަހު އަމަލުކުރަން ފަށާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މާރިޗު 2020 | ހޮނިހިރު 06:54
ސިންގަޕޫރު

ސިންގަޕޫރު

ކޮވިޑް-19 އާ ގުޅިގެން ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމުގެ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށް ހަދާފައިވާ ޤާނޫނަށް ތަބާނުވާނަމަ އަދަބެއްގެ ގޮތުން 6 މަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަަމަށް އެ ޤާނޫނުން ބުނެއެވެ.

އެ ޤައުމުގެ ހެލްތް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއް މީޓަރުގެ ދުރުމިން ނުބަހައްޓާ، އަދި ކޮންމެހެން ޒަރޫރީ ބޭނުމެއްނެތި 10 މީހުންނަށްވުރެން ގިނައިން ތަންތަނަށް އެއްވާ މީހުން 10،000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި 6 މަހުގެ ޖަލު ހުކުމެއް އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށް ހަދާފައިވާ ޤާނޫނަށް ހުކުރު ދުވަހު އަމަލުކުރަން ފަށާފައިވަނީ "ސްޓޭ ހޯމް" ނޯޓިސް ދީފައިވާ މީހުން ވެސް އެ ނޯޓިސްއާ އެއްގޮތަށް އަމަލުނުކުރާނަމަ އެ އަދަބުތައް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

"ސްޓޭ ހޯމް" ނޯޓިސް ދީފައިވަނީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި އެ ޤައުމަށް އަންނަ މީހުންނަށެވެ.

ސިންގަޕޫރުގައި ވަޒަންވެރިގެން އުޅޭ މީހުން ފިޔަވާ، ގައުމުން ބޭރު ބަލި މީހުންނަށް މި ވަގުތު ފަރުވާ ކުރުން ހުއްޓާލުމަށް ނުވަތަ ފަރުވާ ކުރުން ފަސްކޮށްލުމަށް ސިންގަޕޫރުގެ ހެލްތް މިނިސްޓްރީން އެ ގައުމުގެ ސިއްހީ ޚިދުމަތްދޭ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކާއި ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނަށް އެ ޤައުމުން ވަނީ އަންގާފައެވެ.

ސިންގަޕޫރުގައި ދިރިއުޅޭ މީހުން ފިޔަވާ، މިހާރު ސިންގަޕޫރުގައި ފަރުވާ ހޯދަމުންދާ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންވެސް އެމީހުންގެ އަމިއްލަ ގައުމުން އިތުރު ފަރުވާ ހޯދުމުގެ ކަންކަން ހަމަޖެއްސުމަށްވެސް ސިންގަޕޫރު ސަރުކާރުންވަނީ އަންގާފައެވެ.

މާޗް 20 ވީ ހުކުރު ދުވަހުން ފެށިގެން ސިންގަޕޫރަށް އެއްވެސް މީހަކަށް އެތެރެ ވުމުގެ ހުއްދަ ދެނީ 14 ދުވަހަށް އަމިއްލަ އަށް ގޭގައި ކަރަންޓީން ވުން މަޖުބޫރު ކޮށްފައެވެ. 14 ދުވަހަށް ކަރަންޓީނުގައި ހުންނާނެ ތަނެއް ހަމަ ނުޖައްސާ އަންނަ މީހުން ސިންގަޕޫރަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާ ގޮތައްވެސް މިހާރު ވަނީ ސިންގަޕޫރު ސަރުކާރުން ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

21 މެއި 2018

ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ

21 މެއި 2018
ރަމަޟާން މަހުގެ ފުރަތަމަ ދިހައިގައި މައްކާގެ ހޮޓެލެތައް ފުލްވެއްޖެ
10 މެއި 2018

އުތުރު ކޮރެއާގެ ރައީސް އާއި އެމެރިކާގެ ރައީސްގެ ބައްދަލުވުން ސިންގަޕޫރުގައި

10 މެއި 2018
އުތުރު ކޮރެއާގެ ރައީސް އާއި އެމެރިކާގެ ރައީސްގެ ބައްދަލުވުން ސިންގަޕޫރުގައި
19 އެޕްރީލު 2018

ސޯޝަލް މީޑިއާ މަނާކުރުމުން ޑިޕްލޮމޭޓުން ފިއްތުންތައް ކުރިމަތިކުރުވި: ސިރިސެނާ

19 އެޕްރީލު 2018
ސޯޝަލް މީޑިއާ މަނާކުރުމުން ޑިޕްލޮމޭޓުން ފިއްތުންތައް ކުރިމަތިކުރުވި: ސިރިސެނާ
31 މާރިޗު 2018

އެމެރިކާގެ ވިސާއަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަނީ

31 މާރިޗު 2018
އެމެރިކާގެ ވިސާއަށް އެދޭ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަނީ
14 މާރިޗު 2018

ލަންކާގައި ސޯޝަލް މީޑިއާ މޮނިޓަރ ކުރަން އިދާރާއެއް އުފައްދަނީ

14 މާރިޗު 2018
ލަންކާގައި ސޯޝަލް މީޑިއާ މޮނިޓަރ ކުރަން އިދާރާއެއް އުފައްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު