Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

އެކެޑަމީތަކުގެ ހާލަތު އޮޅުންފިލުވައި އެހީތެރިވުމަށް ގޮވާލައިފި

ގިނަ އެކެޑަމީތަކުގެ ކޯޗުންނަކީ އެ އެކެޑަމީތަކުން ލިބޭ މުސާރައަށް ބަރޯސާވާ ކޯޗުން: މަރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 މާރިޗު 2020 | ހުކުރު 12:56
އީގަލްސް ފުޓްބޯލް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

އީގަލްސް ފުޓްބޯލް އެކެޑަމީގެ ސެޝަނެއްގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހުއްޓިފައިވާ ކުޅިވަރު އެކެޑަމީތަކުގެ ހާލަތު އޮޅުންފިލުވައި އެހީތެރިވުމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ގޮވާލައްވައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިއާއެކު ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާފައިވާއިރު، ކުޅިވަރު އެކެޑަމީތަކުން ވަނީ އެ އެކެޑަމީތަކުގެ ހަރަކާތްތައްވެސް ހުއްޓާލާފައެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މަރޭ ވިދާޅުވީ ކުޅިވަރު ކައުންސިލާއި ކުޅިވަރު އެސޯސިއޭޝަނުތަކުގެ ފަރާތުން ކުޅިވަރު އެކެޑަމީތަކާއި ބައްދަލުކޮށް، އެ އެކެޑަމީތަކުގެ ހާލަތު ބައްލަވަން ޖެހޭ ކަމަށެވެ. އެގޮތުން ގިނަ އެކެޑަމީތަކުގެ ކޯޗުންނަކީ އެ އެކެޑަމީތަކުން ލިބޭ މުސާރައަށް ބަރޯސާވާ ކޯޗުން ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި އެ ކޯޗުންނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް، އެކެޑަމީތަކާއި ބައްދަލުކޮށް އެ އެކެޑަމީތަކުގެ ކޯޗުންގެ ހާލަތު އޮޅުންފިލުވައި، ކަންކަން ހައްލުކުރެވޭނެ މަގެއް ހޯދައިދިނުމަށް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މަރޭ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން މާލޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެކި ކުޅިވަރު އެސޯސިއޭޝަންތަކުން އަންނަނީ އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ހުއްޓާލަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އަރާފައިވާއިރު، މީގެ ތެރެއިން 9 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2019

ވޯލްޑް ކަޕް ކޮލިފިކޭޝަން: ޓީމުގެ ހާލަތު ގޯސް: ސެގާޓް

04 ސެޕްޓެމްބަރު 2019
ވޯލްޑް ކަޕް ކޮލިފިކޭޝަން: ޓީމުގެ ހާލަތު ގޯސް: ސެގާޓް
20 މެއި 2019

ރާއްޖޭގެ ކްރިކެޓް ހާލަތު ބެލުމަށް އިންޑިއާގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

20 މެއި 2019
ރާއްޖޭގެ ކްރިކެޓް ހާލަތު ބެލުމަށް އިންޑިއާގެ ވަފުދެއް ރާއްޖެ އަތުވެއްޖެ
19 މެއި 2019

ރާއްޖޭގެ ކްރިކެޓް ހާލަތު ބެލުމަށް އިންޑިއާގެ ވަފުދެއް އަންނަނީ

19 މެއި 2019
ރާއްޖޭގެ ކްރިކެޓް ހާލަތު ބެލުމަށް އިންޑިއާގެ ވަފުދެއް އަންނަނީ
04 އެޕްރީލު 2019

ޕަބްލޯ ކޮއިރާ އާއި ގުއަޑްރޯސް، ދަނޑުތަކުގެ ހާލަތު ބަލައިފި

04 އެޕްރީލު 2019
ޕަބްލޯ ކޮއިރާ އާއި ގުއަޑްރޯސް، ދަނޑުތަކުގެ ހާލަތު ބަލައިފި
19 ޑިސެމްބަރު 2018

އެފްއޭއެމްގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: އޭއެފްސީ

19 ޑިސެމްބަރު 2018
އެފްއޭއެމްގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން: އޭއެފްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު