Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފިކޭޝަން

ފަހު ހާފްގެ ލަނޑުތަކުން ރާއްޖެ މައްޗަށް ފަލަސްތީނުން ކުރި ހޯދައިފި

ފަލަސްތީނުގެ ލަނޑުތައް ޖެހީ ބަދަލު ކުޅުންތެރިން

| 29 މާރިޗު 2017 | ބުދަ 10:43
ލަނޑު ޖެހުމަށް ފަހު ފަލަސްތީނުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު ފަލަސްތީނުގެ ކުޅުންތެރިން އުފާފާޅުކުރަނީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އަންގާރަ ދުވަހުގެ ރޭ ފަހު ހާފުގައި ޖެހި ލަނޑުތަކުން 3-0 އިން ރާއްޖެ މައްޗަށް ފަލަސްތީނު ކުރި ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ގްރޫޕް ޑީގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ދެ ޓީމުގެ ޑިފެންސުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ފަލަސްތީނުގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ގޯލް ކީޕަރުގެ ހުށިޔާރުކަން މި ހާފްގައި ފެނިގެން ދިޔައެވެ. ފުރަތަމަ ހާފްގައި ރާއްޖެ އަށް ލިބުނު ހަމައެކަނި ފުރުސަތަކީ މެޗުގެ 22 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމެކެވެ. ނަމަވެސް އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާ ފަލަސްތީނުގެ ގޯލް ކީޕަރު ރަމީ ހަމާދާ ވަނީ ދިފާއުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފަލަސްތީނުން ވެސް ވަނީ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް މުހައްމަދު ދާވިޝް ތަނަވަސްކޮށްދިން ފުރުސަތުގައި ޔާސިރު އިސްމާއީލް ދިން ހަމަލާ ގޯލުގެ ތިން ދަނޑިއާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފްގައި ވެސް އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ފަލަސްތީނުގެ ހަމަލާތަކުގައި އެ ޓީމުގެ ކަނާތް ފަރާތުން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގަމުން ދިޔަ ހުރަސްތަކެވެ.

މެޗުގެ ނަތީޖާ އެނބުރިގެން ދިޔައީ ފަލަސްތީނުގެ ކޯޗު ދެ ވަނަ ހާފްގައި ގެނައި ބަދަލުތަކާ އެކުގައެވެ. އެ ގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން އަހްމަދު ރިދާދު ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާ ހިފެހެއްޓުން ވެގެން ދިޔައީ ދިވެހި ކުޅުންތެރިންނަށް އުނދަގޫ ކަމަކަށެވެ. ލަނޑުތައް އައީ ދިވެހި ޓީމު ކުރިއަށް ޖެހި ހަމަލާތައް އުފެއްދުމަށް މަސައްކަތްކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެ ގޮތުން ފުރަތަމަ ލަނޑު ޖެހީ ވެސް ރިދާދު ލަނޑު ޖެހީ ވެސް ރާއްޖެ ޓީމުން އެޓޭކަށް އެރި ވަގުތު ގެއްލުނު ބޯޅައަކުން އުފެއްދި ހަމަލާއެއްގައެވެ.

ފަލަސްތީނުގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން އަހްމަދު އަބްހާނީއެވެ.

މި ގްރޫޕްގައި ރާއްޖެ ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ޖޫން މަހުގެ 13 ގައެވެ. އެ މެޗުގައި ބައްދަލުކުރަންޖެހޭނީ ސާކް ސަރަހައްދުގައި ކުރިއަރަމުން އަންނަ ބޫޓާންއާއެވެ. ބޫޓާނަކީ ރާއްޖެ އަތުން ގިނަ ފަހަރުތަކެއްގައި ބަލިވެފައިވާ ޓީމެކެވެ. ކޮލިފައިންގައި އެ ޓީމު އަންގާރަ ދުވަހު އޮމާން އަތުން 14-0 ގެ ބޮޑު ތަފާތަކުން ވަނީ ބަލިވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު