Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19/ އެމިރޭޓްސް

ކޮވިޑް-19: އެމިރޭޓްސްގެ ދަތުރުތައް ދެ ހަފްތާއަށް މެދުކަނޑާލަނީ

23 މާރިޗު 2020 | ހޯމަ 07:13

މިމަހުގެ 25 އިން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާއަށް ވަގުތީ ގޮތުން ފަސިންޖަރުން އުފުލާ ދަތުރުތައް މެދުކަނޑަލަނީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 މާރިޗު 2020 | ހޯމަ 07:13
އެމިރޭޓްސްގެ ފްލައިޓެއް

އެމިރޭޓްސްގެ ފްލައިޓެއް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، އަދި އެންމެ ބޮޑު އެއް އެއަރލައިން ކަމަށްވާ އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެބޮޑެތި ގެއްލުުންތަކެއް ވަމުންދަނީ އެއަރލައިންތަކަށެވެ. އެގޮތުން ގިނަ އެއަރލައިންތަކެއްގެ ދަތުރުތައް މެދުކަނޑާލާފައިވާއިރު، ރާއްޖެއަށް އަންނަ ބައެއް އެއަރލައިންތަކުން މިހާރުވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ނަމަވެސް އެމިރޭޓްސްގެ ދަތުރުތައް މިހާތަނަށް ހުއްޓާލާފައިނުވާއިރު، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެމިރޭޓްސްގެ ދަތުރުތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފަ އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު އެމިރޭޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، ފަސިންޖަރުން އުފުލަން ކުރާ ހުރިހާ ދަތުރުތަކެއް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތައް ހުއްޓާލާފައިވާ ކަމަށެވެ.

ފަސިންޖަރުން އުފުލަން ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް އެމިރޭޓްސްގެ ސްކައި ކާގޯގެ ޚިދުމަތް ކުރިއަށްދާނެ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

ކޮވިޑް-19 ރާއްޖެ އިން ވެސް ފެނިފައި ވާއިރު، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ޤައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރުން ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވެ އެވެ. އޭގެތެރެއިން ތިން މީހަކު މިހާރުވަނީ ރަނގަޅުވެފަ އެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 344,000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 14,700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

14 ޖޫން 2018

ފްލެޓް ފޯމް ބަލައިގަތުން އީދު ބަންދަށް މެދުކަނޑާލަނީ

14 ޖޫން 2018
ފްލެޓް ފޯމް ބަލައިގަތުން އީދު ބަންދަށް މެދުކަނޑާލަނީ
24 މެއި 2018

މޫސުން ގޯސްވުމުގެ ސަބަބުން ފެރީގެ ދަތުރުތައް ލަސްވެދާނެ: އެމްޓީސީސީ

24 މެއި 2018
މޫސުން ގޯސްވުމުގެ ސަބަބުން ފެރީގެ ދަތުރުތައް ލަސްވެދާނެ: އެމްޓީސީސީ
07 މާރިޗު 2018

ދަތުރުކުރާނެ މީހުން ނުލިބުމުގެ ސަބަބުން މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓުމަކަށް!

07 މާރިޗު 2018
ދަތުރުކުރާނެ މީހުން ނުލިބުމުގެ ސަބަބުން މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓުމަކަށް!
11 ޖެނުއަރީ 2018

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

11 ޖެނުއަރީ 2018
މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
03 ޖެނުއަރީ 2018

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދަތުރުތައް ފަށައި ވިޔފާރި ފުޅާކުރުމަށް ގޮވާލައިފި

03 ޖެނުއަރީ 2018
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދަތުރުތައް ފަށައި ވިޔފާރި ފުޅާކުރުމަށް ގޮވާލައިފި
30 ޑިސެމްބަރު 2017

އެމްޕީއެލްގެ ޙިދުމަތްތައް އާދީއްތަ ދުވަހު މެދުކަނޑާލަނީ

30 ޑިސެމްބަރު 2017
އެމްޕީއެލްގެ ޙިދުމަތްތައް އާދީއްތަ ދުވަހު މެދުކަނޑާލަނީ
06 ސެޕްޓެމްބަރު 2017

މޫސުމަށް ސަމާލުވެ ދަތުރުތައް ކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

06 ސެޕްޓެމްބަރު 2017
މޫސުމަށް ސަމާލުވެ ދަތުރުތައް ކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި
07 ޖުލައި 2017

އެމްޑީޕީން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަތޮޅުތެރެއަށް ދަތުރުތައް ފަށަނީ!

07 ޖުލައި 2017
އެމްޑީޕީން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަތޮޅުތެރެއަށް ދަތުރުތައް ފަށަނީ!
02 އެޕްރީލު 2017

ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި

02 އެޕްރީލު 2017
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް