Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ކޮވިޑް-19: ސިންގަޕޫރަށް ދަތުރުކުރާ އަދި އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދެފި

ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިނިސްޓްރީއަށް ހިއްސާ ކުރުމަށްވެސް ވަނީ އެދިފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 މާރިޗު 2020 | އާދީއްތަ 16:13
ކޮވިޑް-19

ކޮވިޑް-19

ސިންގަޕޫރަށް ދަތުރުކުރާ އަދި އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދެފިއެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސިންގަޕޫރުގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭ ސިންގަޕޫރު ގަޑިން 23:59 އިން ފެށިގެން އެ ޤައުމަށް ފަތުރުވެރިން ވަނުން އަދި ޓްރާންސިޓްކުރުން މަނާކުރަން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އަދި ސިއްޙީ އަދި ދަތުރުފަތުރުގެ ދާއިރާ ފަދަ ޚާއްޞަ ދާއިރާތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިޔަވައި، ސިންގަޕޫރުގައި މަސައްކަތް ކުރާ އެހެން ބިދޭސީން އެޤައުމަށް އެނބުރި ދިއުން އަދި ވަނުންވެސް މަނާކުރަން ވަނީ ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ވަނީ އެހެންކަމުން މި ދުވަސްތަކުގައި ސިންގަޕޫރަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށެވެ. އަދި ސިންގަޕޫރުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން ވަނީ އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން، ސިންގަޕޫރަށް ދަތުރުކުރާ، އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވެސް ވަނީ އެދިފައެވެ.

އަދި ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަންބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލު ދުރާލާ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން މިރޭ ސިންގަޕޫރަށް ފުރާ ވަޑައިގަންނަވަނީ

ރައީސް ޔާމީން މިރޭ ސިންގަޕޫރަށް ފުރާ ވަޑައިގަންނަވަނީ

13 ޖުލައި 2017
ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި

08 ޖުލައި 2017
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވަނީ

ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވަނީ

06 ޖުލައި 2017
ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދު ތަންފީޒުކުރުން މަޑުޖައްސާލައިފި

01 ޖޫން 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު