Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ކޮރޯނާވައިރަސް ޖެހިގެން ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ނިޔާވެއްޖެ

ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ނިޔާވިކަން އޭނާގެ ދަރިފުޅު ވަނީ ޔަގީންކޮށްދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 މާރިޗު 2020 | ހޮނިހިރު 21:30
ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް

ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ނިޔާވެއްޖެ އެވެ.

ލޮރެންޒޯ ސަންޒް ނިޔާވިކަން އޭނާގެ ދަރިފުޅު ފެނާންޑޯ ވަނީ ޔަގީންކޮށްދީފައެވެ. އުމުރުން 76 އަހަރުގެ ލޮރެންޒޯ ނިޔާވިއިރު، އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުންނެވެ.

ލޮރެންޒޯ އަކީ ގިނަ އަހަރުތަކެއް ވަންދެން ރެއާލުގައި މަސައްކަތްކުރެއްވި ފަރާތެކެވެ. އޭނާ އެންމެ ފުރަތަމަ ރެއާލުގައި އަދާކުރެއްވީ ޑިރެކްޓަރެއްގެ މަގާމެވެ. އެކަމަކު 1995 ވަނަ އަހަރުގެ ފަހުކޮޅުގައި ރެއާލަށް ދިމާވި މާލީ މައްސަލަތަކާ ހުރެ އޭރުގެ ރައީސް ރާމޮން މެންޑޯޒާ އިސްތިއުފާ ދެއްވުމުން ރެއާލުގެ ރައީސްކަމާ ލޮރެންޒޯ ހަވާލުވެވަޑައިގަތީ އެވެ. 2000 ވަނަ އަހަރުގެ ނިޔަލަށް ރެއާލްގެ ރައީސްގެ މަގާމު ލޮރެންޒޯ ފުރުއްވިއިރު، އެ މުއްދަތުގައި ރެއާލުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮރޯނާވައިރަސް ޖެހިގެން ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ނިޔާވިއިރު، މީގެ ކުރިން މި ވައިރަސް ޖެހިގެން ސްޕެއިންގެ ޒުވާން ފުޓްބޯޅަ ކޯޗެއް ކަމަށްވާ އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާ ވަނީ މަރުވެފައެވެ. ފްރެންސިސްކޯ ގާސިއާ އަކީ ސްޕެއިންގެ މަލާގާގެ ޔޫތު ޓީމަކަށް ކޯޗުކޮށްދެމުން އައި ކޯޗެކެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސްޕެނިޝް ލީގުގެ މެޗުތައް ވަނީ މެދުކަނޑާލާފައެވެ. ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ ވެލެންސިއާ ސްކޮޑުގެ 35 އިންސައްތަ މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުން، ރެއާލް މެޑްރިޑްގެ ފުޓްބޯޅަ ޓީމުވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

ސްޕެއިނުން މިހާތަނަށް 25،374 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، 1،378 މީހުން ވަނީ މިބަލީގައި މިހާތަނަށް މަރުވެފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު