Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ތައިލެންޑް

ކޮވިޑް-19: ތައިލެންޑަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ސަރުކާރުން އަންގައިފި

22 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ ރޭ ތައިލެންޑް ގަޑިން 00:00 އިން ފެށިގެން، ފިޔަވަޅުތަކެ އެޅުމަށް ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 މާރިޗު 2020 | ހުކުރު 22:14
ތައިލޭންޑް އެއަރޕޯޓުގައި ގާއިމްކޮށްފައިވާ ހެލްތް ކޮންޓްރޯލް ޕޯސްޓް

ތައިލޭންޑް އެއަރޕޯޓުގައި ގާއިމްކޮށްފައިވާ ހެލްތް ކޮންޓްރޯލް ޕޯސްޓް

ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ތައިލެންޑުގައި ކޮވިޑް-19 އާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމުމާއި ގުޅިގެން، ދަތުރުކުރާ ދިވެހިން އަދި އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ތައިލެންޑްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 22 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެރޭ ތައިލެންޑް ގަޑިން 00:00 އިން ފެށިގެން، ފިޔަވަޅުތަކެ އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ތައިލެންޑަށް ދަތުރުކުރާ ހުރިހާ ބިދޭސީންނާއި ފަތުރުވެރިން، އެޤައުމުގެ ސަރުކާރުން ނިންމާ ގޮތުގެމަތިން ކަރަންޓީންކުރުން، އެކަހެރިކުރުން، އޮބްޒާވްކުރުން އަދި އެހެނިހެން ފިޔަވަޅުތައް އެޅޭނެ ކަމަށާއި، ތައިލެންޑަށް ވަންނައިރު، ކޯވިޑް-19 ޖެހުމުގެ ފުރުސަތު ނެތްކަން ކަށަވަރުކޮށްދޭ، 3 ދުވަސް ހަމަ ނުވާ ހެލްތު ސެޓްފިކެޓެއް ހުށަހެޅުން ހިމެނެއެވެ.

މީގެ އިތުރުން ތައިލެންޑަށް ވަންނައިރު، އެންމެ މަދުވެގެން 100،000 (އެއްލައްލަ) ޑޮލަރުގެ މެޑިކަލް އިންޝުއަރެންސް ޕޮލިސީ އެއް ހުށަހެޅުން ހިމެނެއެވެ.

އެހެންކަމުން މި ދުވަސްތަކުގެ ތެރޭގައި ތައިލޭންޑްގައި ދިރިއުޅޭ އަދި ތައިލޭންޑަށް ދަތުރުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ތައިލެންޑަށް ދަތުރުކުރާ އަދި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށާއި، އެގޮތުން، ތައިލެންޑަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށް އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު