Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯލް ޕޮގްބާ

މި ސީޒަން ނިމުމުން ޔުނައިޓެޑުން ޕޮގްބާ ވިއްކާލަނީ

ޕޮގްބާ ހޯދުމަށް ޔުވެންޓަސް އާއި ރެއާލުން އަންނަނީ މަސައްކަތް ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 މާރިޗު 2020 | ހުކުރު 11:18
މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ

މި ސީޒަން ނިމުމުން ފަރަންސޭސްވިލާތުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ވިއްކާލަން މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ބޭނުންވަނީ ޕޮގްބާގެ އެއްބަސްވުން އާކުރުމަށްފަހު 100 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަންށެވެ. އެއްބަސްވުން އަ ނުކުރެވިއްޖެ ނަމަ، ޔުނައިޓެޑުން ޖެހޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕޮގްބާ ދޫކޮށްލާށެވެ.

ޔުނައިޓެޑުން ޕޮގްބާ ވިއްކާލަން މަސައްކަތް ކުރަމުން އަންނަ އިރު، އެނާ ހޯދުމަށް ކުރީގެ ކްލަބު ޔުވެންޓަސް އާއި ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަނިޔާއާހެދި މި ސީޒަނުގައި ޕޮގްބާ ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. އަދި މިހާރުވެސް އޭނާ ކުޅުމުން ދުރުގައި ހުރިއިރު، އޭނާ ކުޅެން ނިކުންނާނެ ތާރީހެއް އަދި ކަށަވަރެއް ނޫނެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި ޕޮގްބާ ވަނީ 178 މެޗުން 34 ލަނޑު ޖަހާފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެޓީމުގައި އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު