Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ

މާލެ ލޮކްޑައުން ކުރާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

18 މާރިޗު 2020 | ބުދަ 20:47

ގޭގެއަށް ބޮޑެތި އަދަދުތަކުން ދަނީ އެއްޗެހި ގަންނަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2020 | ބުދަ 20:47
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މާލެ ސަރަހައްދު ހުއްޓުމަކަށް ގެނެސް، މާލެ ލޮކްޑައުން ނުވަތަ ބަންދުކުރާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މާލެ ''ލޮކްޑައުން'' ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

Advertisement - newsAdvertisement

މާލެ ''ލޮކްޑައުން'' ކުރަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ގޭގެއަށް ބޮޑެތި އަދަދުތަކުން ފިހާރަތަކުން އެއްޗެހި ގަންނަމުންނެވެ. ގަނޑުކޮށް އެއްޗެހި ނުގަތުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

މިމައްސަލައަށް އިޝާރާތްކުރައްވައި މަބްރޫކް ވިދާޅުވީ، އަސާސީ ބޭނުންތަކަށް ބޭނުންވާ އަދަދަށް ތަކެތި ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމުގައި ދަތިތަކެއް ނޫޅޭ ކަމަށެވެ.

މާލެ ލޮކްޑައުންކޮށްފިނަމަ ދިމާވާނެ ދަތިތަކާ ބެހޭ ގޮތުން މީގެ ކުރިން މަބްރޫކް ވިދާޅުވެފައިވަނީ އާބާދީ ބޮޑު މާލެ ފަދަ ސިޓީތަކުގެ ފިހާރަތަކާއި، ހޮޓާތަކާއި، ވިޔަފާރިތައް ބަންދުކޮށްފިނަމަ، ޒަރޫރީ ބޭނުންތައް ފުއްދަން ރައްޔިތުންނަށް ވަރަށް ދަތިވެގެންދާނެ ކަމަށެވެ. ކާބޯތަކެތި ފަދަ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދެވޭނީ މާލެ ފަދަ ސިޓީތައް ހިންގައިގެންކަމަށް މަބުރޫކް ވިދާޅުވިއެވެ.

މާލެ ސިޓީ ލޮކްޑައުން ނުކުރި ނަމަވެސް މިބަލިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އަދި އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށް، ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ ހުއްޓުވާފައެވެ.

މީގެ އިތުރުން ސަރުކާރު އޮފީސްތައް މިމަހުގެ 19 އިން 26 އަށް ވަނީ ބަންދުކޮށްފައެވެ. އަދި ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ވެސް ހިމެނެއެވެ.

ކުޅިވަރުކުޅޭ ކޯޓުތަކާއި، ދަނޑުތަކުގެ އިތުރުން މީހުން އެއްވެސް އުޅޭ ސަރަހައްދުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައިވާއިރު، ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި މާލެ ސިޓީގެ ޕާކުތައް ވެސް ވަނީ ބަންދުކުރެވިފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ އިޓަލީއިން 09 މީހުން، ފްރާންސް 02 މީހުން ، ތުރިކީން 01 އަދި އިނގިރޭސިވިލާތުން އެކަކު ހިމެނެއެވެ. އަދި މިއެންމެންގެ ހާލު ރަނގަޅުވަމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް