Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ލަންކާ ވިސާ

ކޮވިޑް-19: ލަންކާއިން ހުރިހާ ކެޓެގަރީއެއްގެ ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލަނީ

ބުރާސްފަތި ދުވަސް (މާދަމާ) ގެ ފަތިހު ސްރީލަންކާ ގަޑިން 04:00 އިން 25 މާރިޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 11:59 އާ ހަމައަށް ހުރިހާ ވިސާއެއް ސަސްޕެންޑްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 މާރިޗު 2020 | ބުދަ 17:22
ދިވެހި ޕާސްޕޯޓެއްގައި ލަންކާ ވިސާ ޖަހާފައި

ދިވެހި ޕާސްޕޯޓެއްގައި ލަންކާ ވިސާ ޖަހާފައި

ކޮވިޑް-19 އާއި ގުޅިގެން ބުރާސްފަތި ދުވަހުގެ (19-03-2020) ރޭ ފަތިހުން ފެށިގެން ލަންކާއިން ހުރިހާ ކެޓެގަރީއެއްގެ ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލަން ނިންމައިފިއެވެ.

މިއާއެކު ސްރީލަންކާއިން އަޅާފައިވާ ފިޔަވަޅު ހަރުދަނާ ކުރުމާއި ގުޅިގެން ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އަންގާފައެވެ.

ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ބުރާސްފަތި ދުވަސް (މާދަމާ) ގެ ފަތިހު، ސްރީލަންކާ ގަޑިން 04:00 އިން ފެށިގެން ހުރިހާ ކެޓެގަރީއެއްގެ ވިސާ ދޫ ކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

މީގެ އިތުރުން އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ) ލިބިފައި ހުއްޓަސް، މިހާތަނަށް އެއްވެސް ވިސާއެއް ބޭނުންކޮށްގެން ސްރިލަންކާއަށް ދަތުރު ކޮށްފައިނުވާނަމަ، މި ވިސާތައްވެސް ބުރާސްފަތި ދުވަސް (މާދަމާ) ގެ ފަތިހު ސްރީލަންކާ ގަޑިން 04:00 އިން 25 މާރިޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 11:59 އާ ހަމައަށް ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެއްވެސް ހާލަތެއްގައި ފަތުރުވެރިންނާއި ބިދޭސިން މި މުއްދަތުގެ ތެރޭގައި ސްރީލަންކާއަށް ދަތުރު ނުކުރެވޭނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން، ސްރީލަންކާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު