Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

މައިގަނޑު 4 ދާއިރާއަކުން ވަނީ ޚަރަދުކުޑަކުރުމަށް ނިންމަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މާރިޗު 2020 | ބުދަ 10:02
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮވިޑް-19 ގެ ސަބަބުން ދުނިޔެއާއި ދިވެހިރާއްޖޭގެ އިޤްތިސާދު އިތުރަށް ހީނަރުވާނެކަމަށް ލަފާކުރެވޭތީ މި އަހަރަށް ލަފާކުރި އާމްދަނީ ބޮޑުތަން ދަށްވާނެކަމަށް ބެލެވޭތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ.

އެކަމާއިގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިޔުލަރ ގައި ބުނެފައުވަނީ ދައުލަތުގެ ޚަރަދުތަކުން ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަމަށާއި ކާރިސާތަކާއި އިގުތިސާދީ އަސަރު މެނޭޖްކުރުމަށް ކުރާ ޚަރަދުތައް ވަނީ އިތުރުކުރަންޖެހިފައި ކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި މި އަހަރަށް ދައުލަތުގެ އޮފީސްތަކަށް ފާސްކުރި އާންމުބަޖެޓުން ޖުމުލަ 1 ބިލިއަން ރުފިޔާ އުނިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން ވަކިވަކި އޮފީސްތަކުގެ ބަޖެޓުތަކުން އުނިކުރުމަށް ކަނޑައެޅުނު މިންވަރު، އެ އޮފީސްތަކުގެ މަޝްވަރާއާއިއެކު، ބަޖެޓުތަކުން ވަނީ އުނިކޮށްފައިކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެއޮފީސްތަކުގެ އާންމު ބަޖެޓުން އުނިކުރެވުނު މިންވަރު މިއަހަރުގެ ތެރޭގައި އަލުން ބަޖެޓުތަކަށް އިތުރުކޮށް ނުދެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސަރކިޔުލަރގައި ބުނެފައިވެ އެވެ.

ޚަރަދުކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އަލަށް އަޅުއްވާ ފިޔަވަޅުތަކަކީ:

މުވައްޒަފުންނަށް ހިނގާ ޚަރަދު:

- ފިނޭންސް މިނިސްޓްރީން 17 މާރިޗު ގެ ނިޔަލަށް ހުއްދަދީފައިވާ މަގާމުތައް ފިޔަވައި އައު މަގާމުތަކަށް މުވައްޒަފުން ނުނެގުން.

- މާރިޗު މަހުން ފެށިގެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން މިނިސްޓަރުގެ ނައިބާއި އެ ފެންވަރުގެ މަގާމުތަކުންފެށިގެން މަތީގެ މަގާމުތަކުގެ އަސާސީ މުސާރައިން 20 އިންސައްތަ އުނިކުރުން. މިގޮތުން، މި މާރިޗު މަހުން ފެށިގެން 2 މަސްދުވަހުގެ މުއްދަތަކަށްފަހު މި ނިންމުން އަލުން މުރާޖައާކުރުން.

- މުވައްޒަފުންނަށް މިހާރު ދެމުން ނުދާ އެއްވެސް އައު އެލަވަންސްއެއް ނުދިނުން.

ދަތުރު ޚަރަދު:

ދައުލަތުގެ ހުރިހާ އިދާރާތަކުން ރާއްޖެއިން ބޭރަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލުން. ނަމަވެސް، ދައުލަތުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ ދަތުރެއްނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން.

މަރާމާތާއި ބެލެހެއްޓުމުގެ ޚަރަދު:

- ދައުލަތުގެ އިދާރާތަކުން ޢަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއި، މަރާމާތަށް މިހާތަނަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތައް ފިޔަވައި، އިތުރު އެއްވެސްމަރާމާތުގެ މަސައްކަތެއް ނުފެށުން.

ކެޕިޓަލް ޚަރަދު:

- ޕީއެސްއައިޕީގެ ގޮތުގައި ހިމެނޭ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ޚަރަދުތައް ކުރުން ހުއްޓާލުން.

މީގެކުރިން ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދުތައް ކުޑަކުރުމަށް ކަންތައްތަކެއް ކަނޑައަޅާފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު