Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގެސްޓް ހައުސްތައް

ކުރިއަށް އޮތް 14 ދުވަހު އެއްވެސް ގެސްޓް ހައުސަކަށް ޓޫރިސްޓުން އައުން މަނާ: ޓޫރިޒަމް މިނިސްޓްރީ

މީގެކުރިން ޓޫރިސްޓުން ޗެކިންވުން މަނާކޮށްފައިވަނީ މާލެ ސިޓީގެ މާލެ، ހުޅުމާލެ، ވިލިމާލޭގައި ހުރި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓާތަކަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 މާރިޗު 2020 | އަންގާރަ 14:17
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް އަންގާރަ ދުވަހުން ފެށިގެން 14 ދުވަސް ވަންދެން ޓޫރިސްޓުން އައުން (ޗެކްއިންވުން) މަނާކޮށްފި އެވެ.

ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފައިވާކަން އިއުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ގެސްޓް ހައުސް އެސޯސިއޭޝަން ގުޅިގެން އަންގާރަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަންގާރަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން ޓޫރިސްޓުން އައުން މަނާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހު ވެސް ވިދާޅުވީ، ރާއްޖޭގައި އާންމު ސިއްހީ ނުރައްކަލުގެ ހާލަތު މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފައިވާތީ، ގެސްޓް ހައުސް އެސޯސިއޭޝަނުން ގެސްޓް ހައުސް ހިންގާ ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު، ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ރައްޖެއިން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން، އެންމެ ފުރަތަމަ ސަރުކާރުން މަނާކުރީ މާލެ ސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ) ސަރަހައްދުގައި ހިމެނޭ ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ގެސްޓުން ޗެކިންވުމެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން އަންގާފައިވަނީ އެދުވަހުގެ ރޭ 12:00 އިންފެށިގެން 14 ދުވަހުގެ މުއްދަތަށް ގެސްޓުން ޗެކިންވުން ހުއްޓާލުމަށެވެ. އަދި އަންގާރަ ސަރުކާރުން މިވަނީ މުޅި ރާއްޖޭގައި ހުންގާ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން ކުރިއަށް އޮތް 14 ދުވަހަކަށް މަނާކޮށްފަ އެވެ.

ސަރުކާރުން ބުނީ، މިވަގުތު ގެސްޓް ހައުސްތަކުގައި ޗެކިން ވެފައިތިބި ޓޫރިސްޓުންނަށް ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

މިއީ ކޮވިޑް-19 އިން ރައްކައުތެރިވުމަށް އާންމު ސިއްޙަތު ރައްކައުތެރިވުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން، އާންމު ސިއްހީ ނުރައްކަލިގެ ހާލަތު އިއުލާންކޮށް، އަޅާފައިވާ ފިޔަވަޅެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެ، ރާއްޖޭގެ އިގްތިޞާދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރާއި އެޗްޕީއޭ އަދި ކަމާބެހޭ ފަރާތްތަކުން ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު