Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ޓީޗަރުންނާއި ދަރިވަރުންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމަށް މަޝްވަރާކުރަނީ

15 މާރިޗު 2020 | އާދީއްތަ 21:01

ދިއްތަ ދުވަހުގެ ވަގުތެއްގައި ދިރާގާއި ބައްދަލުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މާރިޗު 2020 | އާދީއްތަ 21:01
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު

ޓީޗަރުންނާއި ދަރިވަރުންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ގްރޭޑް 10 އަކާއި 11 ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން އޮންލައިން ޓެލެ ކްލާސް ޕްރޮގްރާމްތަކެއް ފަށާފައިވާއިރު، އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ކޮވިޑް-19 ކަވަރޭޖް" ގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުނިތަކާއި ގުޅިގެން ޓީޗަރުންނާއި ދަރިވަރުންނަށް ޚާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުގެ ވަގުތެއްގައި ދިރާގާއި ބައްދަލުކޮށްފައިވާ ކަމަށާއި، ޓީޗަރުންނާއި ދަރިވަރުންނަށް ފޯރުކޮށްދެވިދާނެ ޕެކޭޖްތަކާއި އެކަމުގެ ތަފްސީލުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށާއި، އެކަމުގައި ފެހި ސިގްނަލް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެއިތުރުން، ހޯމަ ދުވަހު އުރީދޫއާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، އެ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން މި ފެށި ޕްރޮގްރާމުގެ ޒަރިއްޔާއިން ދަރިވަރުންނަށް ހުރިހާ ފިލާވަޅެއް ނަގާދެވޭނެ ކަމަށާއި، އެދުވަހެއްގެ ޓައިމް ޓޭބަލް ޓްވީޓަރ އާއި ފޭސްބުކްގެ އިތުރުން އެކި ވާސީލަތައް މެދުވެރިކޮށް ސްކޫލުތަކުން އޭގެ މައުލޫމާތު ބެލެނިވެރިންނާ ހިއްސާކުރަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ކްލާސްތައް ކުރިއަށްދާއިރު، ދަރިވަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ދަރިވަރުންނަށް ޓީޗަރުންނާއެކު އިންޓަރެކްޓް ސެޝަންތައް ކުރިއަށްގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރިކޯޑްކުރެވިގެން ކުރިއަށްގެންދާ މިކްލާސްތައް ޔޫޓިއުބް، ފޭސްބުކް އަދި ޕޯޓަލް މެދުވެރިކޮށް ވެސް ލިބޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

06 ޖޫން 2017

އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ

06 ޖޫން 2017
އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް