Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާން

ޖަލުތަކުގައި ތިބި ތާލިބާނުން މިނިވަންކުރުން އަފްޣާނިސްތާން ސަރުކާރުން ފަސްކޮށްފި

އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެފައިވަނީ ޖަލުތަކުގައި ތިބި 1500 ތާލިބާނުން ދޫކޮށްލާނެ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 މާރިޗު 2020 | އާދީއްތަ 02:15
އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ

އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ

ޖަލުތަކުގައި ތިބި ތާލިބާން ޤައިދީން މިނިވަންކުރުން އަފްޣާނިސްތާން ސަރުކާރުން ފަސްކޮށްފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

މިއީ ދާދިފަހުން ތާލިބާނުންނާއި އެމެރިކާގެ ސަރުކާރާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމާއި ފުށުއަރާ ކަމެކެވެ. ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ސްޕޯކްސްމަން ޖާވިދު ފައިސަލް ވިދާޅުވީ ގައިދީން މިނިވަންކުރުން ފަސްކޮށްފައިވަނީ ޖަލުތަކުގައި ތިބި ތާލިބާނުންގެ ލިސްޓު އަދިވެސް އިތުރަށް ބަލަން ބޭނުންވާތީ ކަމަށެވެ.

މިދިޔަ ހަފުތާގެ ކުރީކޮޅު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެފައިވަނީ ޖަލުތަކުގައި ތިބި 1500 ތާލިބާނުން ދޫކޮށްލާނެ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު މިގައިދީން ދޫކޮލަން ފަށާނެކަމަށާއި އަދި އިތުރު 3500 ގައިދީން ދޫކޮށްލާނީ ސުލްހައިގެ ވާހަކަތައް އިތުރަށް ކުރިޔަށްދާގޮތައް ރިޢާޔަތްކުރުމަށް ފަހުކަމަށް އަޝްރަފް ޣަނީ ވަނީ ވިދާޅުވެފައެވެ.

ތާލިބާނުން ވަނީ މިހުށަހެޅުން ގަބޫލުނުކޮށް މަދުވެގެން 5000 ގައިދީން ދޫކޮށްލުމަށް އެދިފައެވެ.

ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އެމެރިކާ އާއި ތާލިބާނުންނާ ދެމެދު ވެވުނު އެއްބަސްވުމުގައި ބުނަނީ 14 މަސްދުވަހުގެތެރޭގައި އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ފައުޖުތައް އެގައުމު ދޫކޮށްދާންޖެހޭނެ ކަމަށެވެ. އަދި އެއާއެކު ތާލިބާނުން އަފްޣާނިސްތާނުގެ ފަސްގަނޑު ޓެރަރިސްޓް ހަމަލާތަކަށް ބޭނުންނުކުރާނެ ކަަމުގެ ޔަގީންކަންވެސް ދޭންޖެހެއެވެ.

ގައިދީން މިނިވަންކުރުން ފަސްކުރުމަށް އަފްޣާނިސްތާން ސަރުކާރުން ނިންމި ނިންމުމަށް ތާލިބާނުން އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތަކަށް މަޑުޖެހުމެއް އަންނާނެކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު