Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ސިވިލް ސަރވިސް މުވައްޒަފުން

ކޮވިޑް-19: ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ސީއެސްސީއަށް ހިއްސާކޮށްފި

14 މާރިޗު 2020 | ހޮނިހިރު 12:58

ހިދްމަތްތަކަށް ބުރޫ ނާރާނެގޮތަކަށް މަސައްކަތްތައް ރާވާލުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މާރިޗު 2020 | ހޮނިހިރު 12:58
ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި --

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއެއްގައި --

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނާ މަސްކަތްކުރުމުގެ ވަގުތާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އާ ހިއްސާ ކުރައްވާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފުތާ އަށް ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު އަންގެވުމާއި ގުޅިގެން، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރުމުގައި ވިސްނުން ހުރީ ކިހިނެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ސިވިލް ސަރވިސް ކޮމިޝަނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަލީ ވަހީދު ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމަށްފަހު، މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ސަރުކާރުންގެ އޮފީސްތަކުން ލިބެންޖެހޭ ހިދްމަތްތަކަށް ބުރޫ ނާރާނެގޮތަށް ސަރުކާރުގެ ބައެއް އޮފީސްތައް މިހާރު ވެސް ހިންގަމުންދާ ކަމަށެވެ. އެގޮތުން، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން، ސަރުކާރުގެ ހުރިހާ އޮފީސްތަކެއްގައި ވެސް ވަކި އުސޫލެއްގެ ދަށުން މަސައްކަތް ކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދްމަތްތައް ފޯރުކޮށްދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ވެސް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ސްކޫލްތަކުގެ އެއް ހަފްތާގެ ޗުއްޓީއާއެކު، އިތުރު އެއް ހަފްތާއަށް މިވަނީ ސްކޫލްތަކުގެ ކިޔެވުން މަޑު ޖައްސާލާފަ އެވެ. އަދި ހާލަތަށް ބެލުމަށްފަހު، ސްކޫލްތައް ހުޅުވުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފުތާ އަށް ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާއިރު ރިސޯޓްތަކުން ރަށްރަށަށް ކުރާ ދަތުރުތަކާއި ރަށްރަށުން ރިސޯޓްތަކަށް ކުރާ ދަތުރުތައް ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން 14 ދުވަސް ވަންދެން ނުކުރުމަށްވެސް ސަރުކާރުން ވަނީ އަންގާފަ އެވެ.

މީގެއިތުރުން ހޮނިހިރު ދުވަހުގެ ރޭ 12:00ގެ ފަހުން މާލެ ސިޓީގައި ހިމެނޭ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި އެއްވެސް ގެސްޓް ހައުސަކަށް އެއްވެސް ފަތުރުވެރިޔަކު ކުރިއަށް އޮތް 14 ދުވަސް ވަންދެން "ޗެކްއިން" ނުވެވޭނެ ކަމަށާއި ނަމަވެސް މިވަގުތު ގެސްޓް ހައުސްތަކުގައި ތިބި ފަތުރުވެރިންނަށް "ޗެކްއައުޓް"ވެ، ފުރައިގެން ދިއުމަކަށް އެއްވެސް ހުރަހެއް ނެތްކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް