Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތައް ފަސްކޮށްފި

12 މާރިޗު 2020 | ބުރާސްފަތި 18:39

މި ނިންމުން ނިންމަން ޖެހުނީ ރެއާލާއި ޔުވެންޓަސްގެ ކުޅުންތެރިން ކަރަންޓީނު ކުރުމާއި ގުޅިގެން

އަތޫފް އާތިފް
އަތޫފް އާތިފް | 12 މާރިޗު 2020 | ބުރާސްފަތި 18:39
ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗާއި، ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ޔުއެފާއިން ނިންމައިފިއެވެ.

ޔުއެފާއިން މިހެން ނިންމިއިރު، ޔުވެންޓަސް އަދި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ވަނީ ކަރަންޓީނު ކޮށްފައެވެ.

ޔުވެންޓަސްގެ ކުޅުންތެރިން ކަރަންޓީނުކުރީ އެޓީމުގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އަދި ރެއާލްގެ ކުޅުންތެރިން ކަރަންޓީނުކުރީ އެ ކްލަބްގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިންތަކެއް ކޮރޯނާވައިރަސް (ކޮވޑް-19) އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

ޔުއެފާއިން މި ނިންމުން ނިންމުމަށްފަހު ބުނީ މި ނިންމުން ނިންމަން ޖެހުނީ ރެއާލާއި ޔުވެންޓަސްގެ ކުޅުންތެރިން ކަރަންޓީނު ކުރުމާއި ގުޅިގެންނާއި، ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އެންމެ ގަދަ އަށް ފެތުރެމުން އަންނަނީ ސްޕެއިންނާއި އިޓަލީގައި ކަމަށް ވުމުން ކަމަށެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ލީގުގެ މެޗުތައް ފަސްކުރަމުން އަންނައިރު ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގެ މެޗުތައް ނުކުޅުމަށް ވަނީ ނިންމައިފައެވެ. އަދި ފްރެންޗް ލީގާއި ޖަރުމަނު ލީގުގެ އިތުރުން ޕްރިމިއާ ލީގުގެ މެޗުތަކަށް ސަޕޯޓަރުން ނުވެއްދުމަށް އެގައުމު ތަކުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

އިޓަލީގައި މިހާތަނަށް ކޮރޯނާވައިރަސް (ކޮވިޑް-19) 15،113 މީހުންނަށް ޖެހިފައިވާއިރު މި ބަލީގައި އެގައުމުން 1،016 މީހުން ވަނީ މަރުވެފައެވެ. އަދި ސްޕެއިންގައި މި ބަލި ޖެހުނު މީހުންގެ އަދަދު 3،059 އަކަށް އަރައިފައިވާއިރު މި ބަލީގައި އެގައުމުން 86 މީހުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް