Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19: ބޭނުން ކުރަމުންދާ "ޓާމު" ތަކުގެ ތަފާތު އެނގުން މުހިންމު!

ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 މާރިޗު 2020 | ހޯމަ 21:49
ކޮވިޑް19 އަށް ޝައްކުރެވޭ މީހަކު ހޯމް އައިސޮލޭޓް ކުރެވިފައި

ކޮވިޑް19 އަށް ޝައްކުރެވޭ މީހަކު ހޯމް އައިސޮލޭޓް ކުރެވިފައި

މުޅި ދުނިޔޭގެ ހުރިހާ ބައްރަކުން ނުރައްކާތެރި ކޮވިޑް-19 ފެތުރި މުޅި ދުނިޔެއަށް މިވަނީ ނުރައްކާވެފައެވެ. ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން މި ވައިރަސް ސިފަ ކުރަމުންދަނީ "މަދަނީ ދުޝްމަނެއް" ގެ ގޮތުގައެވެ. ހަލުވިމިނެއްގައި މި ވައިރަސް ފެތުރެމުންދާއިރު، ރާއްޖެއިން މިބައްޔަށް 06 މީހަކު މިހާތަނަށް މިވަނީ ޕޮޒިޓިވްވެފައެވެ. މިމަހުގެ 07 ވަނަ ދުވަހުގެ ފުރަތަމަ ފަހަރަށް ރާއްޖެއިން މިވައިރަސްއަށް ޕޮޒިޓިވްވެފައިވާ ދެމީހުން ފެނިފައިވާކަން އިޢުލާނުކުރުމާއެކު ދިވެހިރާއްޖޭގެ ސްޓޭޓަސް ވައިޓް އެލަރޓުން ޔެލޯ އެލަރޓަށް ބަދަލުވެގެންދިއެވެ. ރާއްޖެއިން މިބައްޔަށް ފުރިހަމައަށް ތައްޔާރުވެ، ޢާންމުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުންދެއެވެ.

ކޮވިޑް-19ގެ ހުރިހާ ކަމެއްގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިންގަނޑުގެ ތެރެއިން ރާއްޖެއިން މަސައްކަތް ކުރަމުންދާއިރު، މިވައިރަސް ނައްތާލުމަށް ކުރާ މަސައްކަތްތަކުގައި ޢާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ފަރުދީ ޒިންމާ ނަގާ ޢަމަލުކުރަން އަންގާފައިވާ ގޮތައް ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރަމުންދާއިރުވެސް، ކޮވިޑް-19އާ ގުޅިގެން ބޭނުން ކުރަމުންދާ އެކި "ޓާރމް"ތައް ވެފައި މިވަނީ ދިވެހިންނާއި ބީރަށްޓެހި ޓާރމް ތަކަކަށެވެ. މީގެ ސަބަބުން ބައެއް ފަހަރު ފަހުމްވުމުގައި، ނުވަތަ އޭގެ އަޞްލު މާނަ ނަގައިގަތުމުގައި އުދަނގޫތަކެއް ހުރެއެވެ. އެހެންކަމުން ޢާންމުން މި ޓާރމްސްތަކައް ހޭލުންތެރިވުމަކީ ބޭނުންތެރި އަދި މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ކޮވިޑް-19 އާއިގުޅިގެން މަޢުލޫމާތުތަކާއި، ޚަބަރުތައް ފަތުރަމުންދާއިރު، މިދުވަސްވަރު އެންމެ ގިނައިން އަޑު އަހަމުންދާ ޓާރމްތައް ކަމަށްވާ ''ލޮކް ޑައުން'' ކުރުމާއި، ''ކަރަންޓީން'' ކުރުމާއި، ''ހޯމް ކަރަންޓީން'' އާއި ''ހޯމް އައިސޮލޭޝަން'' އަދި ''އައިސޮލޭޝަން'' ކުރުން ޢާމުންނަށް އެނގުން ވަރަށް ވެސް މުހިންމެވެ.

"ލޮކްޑައުން"ގެ މާނައަކީ، އެތަނަކުން އަރާ ފޭބުން މަނާކުރުމެވެ. އެގޮތުން ލޮކްޑައުން ކުރަނީ، ރަށެއް ނުވަތަ ސިޓީއަކުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމުން ނުވަތަ ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ޙަލަތެއްގައި އެހެން މީހުންގެ ސަލާމަތާއި ރައްކަލެއްގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. ލޮކްޑައުން ކުރުމާއެކު އެރަށަކަށް ނުވަތަ އެސިޓީއަކަށް އެއްގަމު މަގުން، ވައިގެ މަގުން ނުވަތަ ކަނޑުމަގުންވެސް ނުވަދެވޭނެއެވެ.

"ކަރަންޓީން"ކުރުމަކީ އެއީ ބަލި ހުރެދާނެ ކަމަށް ނުވަތަ ބަލި ހުރިކަން ޔަޤީންނުވާ ޙާލަތުގައި އޭނާގެ ފަރާތުން އެހެންމީހަކަށް ބަލި ޖެހުނަ ނުދިނުމަށް އޭނާ އެކަހެރި ކޮށްފައި ބެހެއްޓުމެވެ. އަދި ކަރަންޓީން ކުރަނީ ވަކިތަނެއްގައި އޭނާގެ ޙާލަތު އިތުރަށް މޮނިޓަރ ކުރެވޭ ފަދަ ތަނެއްގައެވެ. މިސާލަކަށް ހޮސްޕިޓަލުގެ ވަކި ކޮޓަރިއެއް ނުވަތަ ވޯޑުގައި ޚާއްޞަ ކުރެވިފައިވާ ޞަރަޙައްދެއްގައެވެ.

"ހޯމް ކަރަންޓީން"އަކީ ހޮސްޕިޓަލުގެ ބަދަލުގައި ވަގުތީ ގޮތުން ގޭގައި މަޑުކުރުވުމެވެ. އޭނާގެ ގައިން ބަލީގެ ޢަލާމާތެއް ނުފެނި، އެހެންނަމަވެސް ބަލި ހުރި މީހަކާ ދިމާވެފައިވާ ކަމަށް ޝައްކުކުރެވިއްޖެ ޙާލަތެއްގައި، އެކަން ކަށަވަރުވަންދެން ކަރަންޓީން ކުރާނެއެވެ. މިޙާލަތުގައި އާދައިގެ މަތިން އޭނާއަށް ގޭގައި ދިރިއުޅެވޭނެއެވެ. އެއްވެސް ކަމެއް އިސްތިސްނާއެއް ނުވެއެވެ. އަދި އޭނާއާއި އެއްކޮށް އެ ގޭގައި ދިރިއުޅޭ އެންމެނަށްވެސް ގެއިން ބޭރަށް ދިއުމުގައި، ނުވަތަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނޯންނާނެއެވެ.

"ހޯމް އައިސޮލޭޝަން"ގައި ގޭގައި އެކަހެރިކުރެވޭނެއެވެ. އަދި ބަލިޖެހިފައިވާ މީހާ މާ ސީރިއަސް ނޫން ނުވަތަ ބަލި ޖެހިފައި ރަނގަޅުވާ ސްޓޭޖްގައި ގޭގައި ފަރުވާ ދެވޭނަމަ، ގެއަށް ބަދަލުކުރުމަކީ ވެސް ހޯމް އައިސޮލޭޝަންއެވެ. ހޯމް އައިސޮލޭޝަންގައި ވެސް ބަލި ޖެހިފައިވާ މީހުންނާއި، ގޭގައި އުޅޭ މީހުންނާއި ކައިރި ވެގެންނުވާނެއެވެ. މިސާލަކަށް ބަލިޖެހިފައިވާ މީހާ ބޭނުންކުރާ ތަށި ފަދަ އެއްޗެހި ގޭ މީހުން ބޭނުންކޮށްގެންވެސް ނުވާނެއެވެ. އަދި މިޙާލަތުގައި އެގޭގައި ދިރިއުޅޭ އެހެން މީހުން ވެސް ބޭރުތެރެއަށް ނުދިއުމަށް ކަމާއިބެހޭ ފަރާތްތަކުން އިރުޝާދުދޭނެއެވެ.

"އައިސޮލޭޝަން"ނުވަތަ އައިސޮލޭޓް ކުރާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ޔަޤީންވުމުންނެވެ. މި ޙާލަތުގައި ބަލިމީހާ ގޭގައި އައިސޮލޭޓް ނުކުރާނެއެވެ. މިސްޓޭޖުގައި ބަލި މީހާއަށް ފަރުވާދޭނީ ކަނޑައަޅާފައިވާ ޚާއްޞަ މަރުކަޒެއްގައި ނުވަތަ ހޮސްޕިޓަލުގައި އެކަމަށް ކަނޑައަޅާފައިވާ ތަނެއްގައި އެކަހެރިކޮށްގެންނެވެ. މި ޙާލަތުގައި އޭނާއަށް ފަރުވާދޭ ޞިއްޙީ އެހީތެރިން ފިޔަވައި، އެހެން މީހުންނަށް އޭނާއާއި ބައްދަލެއް ނުކުރެވޭނެއެވެ.

މިއީ، ޢާންްމު ގޮތެއްގައި ބޭނުން ކުރާ ޓާރމްތަކެވެ. މި ޓާރމްތަކައް ވަކި "ޚާއްޞަ ލަފްޒު"ތަކެއް ދިވެހި ބަހުގައި އަދި ނެތެވެ. ކޮވިޑް-19 އާއި ބެހޭ ޚަބަރުތަކާއި މަޢުލޫމާތުތައް ފަތުރަމުންދާއިރު، ޢާންމުންނަށް ފަހުމު ވާނެހެން ތިލަކޮށްލިޔަން ހުރިހައި ފަރާތްތަކުންވެސް އަހައްމިއްޔަތުކަން ދިނުން މުހިންމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

"ބޮންދުން"ގެ ހައްގުތަކުގެ ބަހުސް: އިހަވަންދޫއާ ހަމައަކުން ނުނިމޭ

19 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު