Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެންޔޫއެސްޔޫ

ޗެމްޕިއަންކަން ސީއެފްއެސް އާއި އެސްއެން އަށް

8 މާރިޗު 2020 | އާދީއްތަ 15:44

މި މުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 15 ޓީމު ވާދަކޮށްފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 8 މާރިޗު 2020 | އާދީއްތަ 15:44
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު ސީއެފްއެސް

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު ސީއެފްއެސް

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ބީއެސް ބަލިކޮށް އެސްއެން އިން އުފުލައިލިއިރު ފިރިހެން ޑިވިޝަނުގެ ތަށި ބީއެސް ބަލިކޮށް ސީއެފްއެސް އިން އުފުލާލައިފިއެވެ.

އެމްއެންޔޫއެސްޔޫ އިން 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވާ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 8 ޓީމު ބައިވެރިވިއިރު، މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 7 ޓީމުން ބައިވެރިވިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅެވުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބީއެސް ބަލިކޮށް އެސްއެން އިން ވަނީ މުބާރާތުގެ ތަށި އުފުލާލައިފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅުނު މި މެޗު އެސްއެން އިން ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު އެސްއެން އިން ވަނީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު އެސްއެން އިން ކާމިޔާބުކުރީ 19-25 އަދި 15-25 އިންނެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ބީއެސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެ ދެ ސެޓު ކާމިޔާބުކޮށްފައެވެ. މި ދެ ސެޓު ބީއެސްއިން ކާމިޔާބުކުރީ 16-25 އަދި 20-25 އިންނެވެ. މެޗުގެ ފަހު ސެޓުގެ ކުރީ ކޮޅު އެސްއެން އިން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. މި ސެޓު އެސްއެން އިން ކާމިޔާބުކުރީ 15-10 އިންނެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އެފްއެޗްއެސްގެ އާމިނަތު އަފާފް ނިޒާމް، އެސްއެންގެ އާމިނަތު ފިރުޝާ، އެސްއެންގެ މަރިޔަމް ނިޝާ، ބީއެސްގެ ޝަމްހާ ރިޔާޒް އަދި ބީއެސްގެ އިނާޝާ އަބްދުއް ރަހީމް އެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކީ ސީއެފްއެސްގެ އާމިނަތު ފަސީހާ އެވެ. އަދި މި ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެސްއެންގެ އައިޝަތު ޒުނީތާ އެވެ. އަދި މި ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކީ އެސްއެންގެ ކޯޗު ޝުއައިބް އަހުމަދެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބީއެސް ބަލިކޮށް ކާމިޔާބުކޮށްފައިވަނީ ސީއެފްއެސް އިންނެވެ. މިއީ މި މުބާރާތް ސީއެފްއެސްއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ސީއެފްއެސްއިން މި މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ.

ފައިނަލް މެޗު ސީއެފްއެސްއިން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުންނެވެ. މެޗުގު ފުރަތަމަ ސެޓު ސީއެފްއެސްއިން ފަސޭހަ ކަމާއިއެކު 25-18 އިން ކާމިޔާބުކުރިއިރު ބީއެސް އިން ވަނީ ދެ ވަނަ ސެޓުގައި އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ދެވަނަ ސެޓުގެ ކުރީކޮޅު ބީއެސްއިން ލީޑު ކުރިނަމަވެސް ސީއެފްއެސްއިން ވަނީ ފަހަތުން އަރާ މި ސެޓު 28-26 އިން ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ފަހު ސެޓު ސީއެފްއެސް އިން ކާމިޔާބުކުރީ 25-11 އިންނެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ސީއެފްއެސްގެ ހުސެއިން ޝާހް، ސީއެފްއެސްގެ، އަހުމަދު މުޒްލިފް، އެފްއީގެ އަލީ އާރިފް، ބީއެސްގެ އިބްރާހީމް ރަޒީން، ބީއެސްގެ ހަސަން ޖައިލަމް ރިޔާޒް އަދި އެފްއީއެސްޓީގެ އަހުމަދު އަތޫފް އެވެ.

މި ޑިވިޝަނުގެ އެންމެ މޮޅު ހަގު ކުޅުންތެރިޔަކަށް ސީއެފްއެސްގެ މާދިހް މުހައްމަދު ހޮވުނުއިރު އެންމެ މޮޅު ކުޅުންތެރިޔަކީ ސީއެފްއެސްގެ މުހައްމަދު ޝަމްވީލް އެވެ. އަދި އެންމެ މޮޅު ކޯޗަކީ ބީއެސްގެ ކޯޗު ސޮފްވާން އަހުމަދެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އެމް.އެން.ޔޫގެ ފެކަލްޓީތަކާއި ސެންޓަރ ތަކަށް އަމާޒުކޮށްގެން ބާއްވާ އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 15 ޓީމު ވާދަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް