Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރި ނަފާ ލޯން

"ދަނޑުވެރި ނަފާ" ލޯން ޕްރޮގުރާމުގެ 30 އިންސައްތަ އަންހެނުންނަށް

8 މާރިޗު 2020 | އާދީއްތަ 14:23

ވަކި ނިސްބަތެއް ޚާއްސަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދަނޑުވެރިކަމަކީ އިޤްތިސާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެން ކަނބަލުން ބާރުވެރި ކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މާރިޗު 2020 | އާދީއްތަ 14:23
ރާއްޖޭގެ ރަށެއްގައި ކަރާ ހައްދައިގެން ކަރާ ކަނޑާފައި

ރާއްޖޭގެ ރަށެއްގައި ކަރާ ހައްދައިގެން ކަރާ ކަނޑާފައި

"ދަނޑުވެރި ނަފާ" ލޯނު ޕްރޮގުރާމުގެ 30 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމައިފިއެވެ.

ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމުގެ ދަށުން "އަންހެން ދަނޑުވެރިންނަށް ޚާއްޞަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގުރާމެއް އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިންގުން" ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައެވެ.

Advertisement - newsAdvertisement

މިގޮތުން މިކަން ޙާޞީލު ކުރުމަށް މިހާރު ޤާއިމު ކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯން ޕްރޮގުރާމުގެ ޖުމުލަ ފަންޑުގެ 30 އިންސައްތަ ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އަންހެނުންނަށް ޚާއްޞަކުރުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އަދި އަންހެނުންނަށް މި ލޯނު ޕްރޮގުރާމުގައި ވަކި ނިޞްބަތެއް ޚާއްޞަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދަނޑުވެރިކަމަކީ އިޤްތިޞާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުވުމެވެ. އަދި މިދާއިރާގައި ޙަރަކާތްތެރިވާ އަންހެނުން ކުރަމުންދާ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމެވެ. "ދަނޑުވެރި ނަފާ" ލޯނު ޕްރޮގުރާމުގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއުއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނީ އަންހެނުންނަށް ޚާއްޞަކުރެވިގެން ހުޅުވާލެވޭ ލޯނު ފުރުޞަތުގެ ބޭނުން ކޮށްގެން، ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ވެގެން ދިޔުމަކީ ސިނާޢަތުގެ ކުރިއެރުން ކަމަށެވެ.

މިނިސްޓްރީން ބުނީ ލޯނު ޕްރޮގުރާމުގެ ފޯމް އެސްޑީއެފްސީ އިންނާއި މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީން ކަމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ނަންބަރު 3339261 ނުވަތަ އެސްޑީއެފްސީ ގެ ނަންބަރު 3306999 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ކަސްޓަމްސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެ

27 އެޕްރީލު 2017
ކަސްޓަމްސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެ
10 އެޕްރީލު 2017

ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި

10 އެޕްރީލު 2017
ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި
27 ފެބުރުއަރީ 2017

"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި

27 ފެބުރުއަރީ 2017
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
27 ފެބުރުއަރީ 2017

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް