Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ބައިމިލިއަން މާސްކް ރައްކާކުރެވިފައި އެބަހުރި، ސަރުކާރު އޮތީ ތައްޔާރަށް: އަލީ ވަހީދު

8 މާރިޗު 2020 | އާދީއްތަ 09:17

ސަރުކާރުން އިސްކަންދޭނީ ބޭނުންޖެހޭ މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 8 މާރިޗު 2020 | އާދީއްތަ 09:17
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ބައިމިލިއަން މާސްކް ޓޫރިޒަމް މިނިސްޓްރީގައި ރައްކާކުރެވިފައި އެބަހުރިކަމަށާއި، ސަރުކާރު އޮތީ ދުރާލާ ތައްޔާރުވެފައިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެއްވެސް ޝޯޓޭޖެއް ނާންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ކަރަންޓީންކުރާ ތަންތަން ފުރިއްޖެނަމަ، އެހެންތަންތަންވެސް ކޮރެންޓެއިން ކުރެވޭނެ އިންތިޒާމް ހަޖައްސާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މި ދުވަސް އަންނާނެކަން އެނގޭ ކަމަށާއި އެކަމަށް ތިބީ ތައްޔާރަށް ކަމަށެވެ.

އަލީ ވަހީދު ވަނީ ޓޫރިޒަމް ދާއިރާއަށް ލޮޅުމެއް އަންނާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓަކީ ޗައިނާ ކަމަށާއި، ފެބްރުއަރީ މަހުގެ ރާއްޖޭގެ އެންމެ ބޮޑު މާކެޓަކީ އިޓަލީކަން ފާހަގަކުރެއްވިއެވެ. މި ދެ ގައުމުން ވެސް ރާއްޖެއަށް މިހާރު ވަނީ މީހުން އައުން މަނާކޮށްފައެވެ.

މިހާތަނަށް 125،000 އަށް ވުރެ ގިނަ ބުކިންގެ ކެންސަލް ކޮށްފައިވާއިރު، 39000 އައު ބުކިންގ އައިސްފައިވާ ކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހާލަތުގެ ތެރެއިންވެސް، ޓޫރިސްޓް އެރައިވަލްސް 0.9 އިންސައްތަ ކުރިއަށް ޖެހިލާފައިިވާކަން ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދޭން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން އަލީ ވަހީދު ވަނީ ދެއްވާފައެވެ. އަދި އެ ހުރިހާ ހަރަދެއް ކުރަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޓްރަސްޓް ފަނޑުން ކަމަށެވެ. މި ޓްރަސްޓް ފަންޑަށް ވަންނަ ފައިސާއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޭ ކޮންޓްރިބިއުޝަންސްއެވެ.

އޭގެ އިތުރުން، މިހާރު ބޭނުންނުކުރާ ރިސޯޓެއް ކަމުގައިވާ ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކުރެވިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިތަނުގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކޮށްފައިވަނީ އެއްބަސްވުމުގައި ވާ މާއްދާއެއް ބޭނުންކޮށްގެންނެވެ. އެގޮތުން ސަރުކާރުން ވަނީ ރިސޯޓުގެ އޯނަރޝިޕް 2 މަސް ދުވަހަށް ވަގުތީ ގޮތުން ނަގާފައެވެ. އަދި އެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކުރޭވޭނެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް