Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް

ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުން ގެންގުޅޭ!

8 މާރިޗު 2020 | އާދީއްތަ 06:36

މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 8 މާރިޗު 2020 | އާދީއްތަ 06:36
މިދިޔަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން

މިދިޔަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން

ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކާއި މީސްމީޑިއާގައި އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުންތައް ގެންގުޅޭކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނި، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރުން ކަމަށެވެ. އަދި ގައުމުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބާރުއެޅުމާއި، އަންހެނުންނާމެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް ފަރުދީ އަދި ޤައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ބާރުއެޅުންކަމަށެވެ.

Advertisement - newsAdvertisement

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "އައި އެމް ޖެނެރޭޝަން އިކުއެލިޓީ: ރިއަލައިޒިންގް ވުމެންސް ރައިޓްސް" އެވެ. މި ޝިއާރު ބިނާވެފައިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން، މިންތީގެ ހަމަހަމަކަން ހާސިލުކުރުމަށް ކުރާ މަސައްކަތްތަކުގައި ދޮށީ އުމުރުގެ އަންހެނުންނާއި، ޒުވާން އަންހެނުންނާއި، ޅަފުރައިގެ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޖީލުތަކުގެ މެދުގައިވާ ފަރަގު ކުޑަކުރުމުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، މުޖުތަމައުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ދާނެކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނެފައިވަނީ، ގެނެވުނު އިސްލާހާ ގުޅިގެން، މުޖުތަމައުގެ ބައެއް ފަރާތްތަކާއި، ބައެއް ސިޔާސީ ފަރާތްތަކާ އަދި ހަބަރު ފަތުރާ ބައެއް ވަސީލަތްތަކާއި މީސްމީޑިއާގައި އަންހެނުންނާމެދު ތަފާތުކުރުމުގެ ވިސްނުންތައް ގެންގުޅޭކަމަށެވެ.

ދިވެހިރާއްޖޭގައި، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާއީ ދާއިރާތަކުން އަންހެނުން ކުރިއެރުން ހޯދަމުންދާކަން އެޗްއާރްސީއެމްއަށް ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، މިދާއިރާތަކުން އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކެއް ހުރިކަންވެސް ފާހަގަކޮށްފައިވެއެވެ. ވަޒީފާ ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅޭކަމަށް ފާހަގަކުރެވިފައި ނެތް ނަމަވެސް، ވަޒީފާ އަދާކުރުމުގައި އަންހެނުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

މީގެއިތުރުން، ތައުލީމު ހާސިލުކޮށްފައިވާ ގާބިލު އަންހެނުން ތިބި ނަމަވެސް، މުޖުތަމައުގައި ހުރި ބައެއް ގަބޫލުކުރުންތަކުގެ ސަބަބުން ބައެއް ވަޒީފާތައް އަދާކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކާ ކުރިމަތިމަތިލާން ޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް، ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލައި، މި ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް އެޗްއާރްސީއެމްއިން ގޮވާލާފައިވެއެވެ. އަދި ސިޔާސީ މައިދާނުގަޔާއި، ގައުމުގެ ތަރައްގީގައި އަންހެނުންގެ ދައުރުފުޅާކޮށް، އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މީޑިއާއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެ އިތުރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ދުނިޔޭގައި ފާހަގަކުރަން ފަށާފައިވަނީ 1975 ވަނަ އަހަރުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް