Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭޕީ

ސަރުކާރު ކޯލިޝަންގެ ޖޭޕީގެ ތާއީދު މިފަހަރުވެސް އިދިކޮޅު ޕާޓީއަށް؟

7 މާރިޗު 2020 | ހޮނިހިރު 11:06

ކޯލިޝަނުގައި ތިބެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން މަސައްކަތްކުރީ އިދިކޮޅު ކޯލިޝަނާއެކު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 މާރިޗު 2020 | ހޮނިހިރު 11:06
ޖޭޕީން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، މި ހަތަރު ބޭފުޅުންނަކީ ޕީޕީއެމް ސަރުކާރުގައި ވެސް އިސްކޮށް އުޅުއްވި ހަތަރު ބޭފުޅުން

ޖޭޕީން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، މި ހަތަރު ބޭފުޅުންނަކީ ޕީޕީއެމް ސަރުކާރުގައި ވެސް އިސްކޮށް އުޅުއްވި ހަތަރު ބޭފުޅުން

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތާއީދު މިފަހަރުވެސް އޮތީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކުކަން ހާމަވާން ފަށައިފިއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގެ އިސްކޮށް އުޅުއްވާ، އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވަނީ މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ނިހާނާއެކު ޖޭޕީގެ އިސް ބައެއް ބޭފުޅުން ވަނީ މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވެއެވެ. އޭގެތެރޭގައި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމު އަހުމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖޭޕީން ވާދަކުރަނީ އެންމެ 127 ގޮނޑިއަށެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިމަތިލާފައިވަނީ 679 ފަރާތެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 982 ގޮނޑިއަށް ބޭފުޅުން އިންތިހާބު ކުރެވޭނެ އެވެ.

އެންމެފަހުން ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން މަސައްކަތްކުރީ އިދިކޮޅު ޕީޕީއެމް-ޕީއެންސީއާއެކުގަ އެވެ. ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖޭޕީން ނިކުންނަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކުގަކަމަށް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޖޭޕީން މާލެ ސިޓީ މޭޔަރުކަމަށް ވާދަނުކުރާއިރު، ޖޭޕީގައި މިހާރު އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ތާއީދު ކުރައްވަނީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓް މުއިއްޒުއަށް ކަމަށް އެބޭފުޅުން ގެންދަވަނީ ހާމަކުރައްވަމުންނެވެ.

ސަރުކާރު ކޮލިޝަނުގައި އޮވެ، ޖޭޕީން ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ބައެއް ކަންކަން ކޮށްފައިވެސް ވެއެވެ. އޭގެ ތެެރޭގައި ނިމިދިޔަ 18 ވަނަ މަޖިލީހުގެ ދައުރު ނިމެންދަނިކޮށް މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަޑައިގެން، ސަރުކާރުން މަޖިލީހަށް ފޮނުވި ބައެއް ބިލްތައް ފާސްނުކޮށް ހިފަހައްޓާފައި ވެއެވެ. އޭގެ ތެރޭގައި ރިޔާސީ ކޮމިޝަނުގެ ބިލް ހިމެނެ އެވެ.

ކައުންސިލްތަކުގެ އިންތިހާބު ޖޭޕީއަށް ދިނުމަށް އެޕާޓީން ބުނަމުންދާއިރު، އެޕާޓީން ވާދަކުރަނީ 982 ގޮނޑީގެ ތެރެއިން އެންމެ 127 ގޮނޑިއަށެވެ. އެހެންކަމުން އެހުރިހާ ގޮނޑިއެއް ޖޭޕީއަށް ދިންނަމަވެސް ޖޭޕީއަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީއެއް ނުލިބޭނެ އެވެ. ނަމަވެސް ޖޭޕީން ވާދަކުރާ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ޖޭޕީއަށް އެބައޮތެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް