Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިސޯޓު ލީގު 2020

ރިސޯޓު ލީގު: ފައިނަލުގައި ނިޔާމަ އާއި ކަނޑިންމަގެ ކުރިމަތިލުމެއް

ސެއިންޓް ރީޖަސް އަތުން ނިޔާމަ މޮޅުވީ ޕެނަލްޓީގައި 4-2 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 މާރިޗު 2020 | ހޮނިހިރު 04:24
ނިޔާމަ އާއި ސެއިންޓް ރީޖަސް ބައްދަލުކުރި މެޗުގެ ތެރެއިން

ނިޔާމަ އާއި ސެއިންޓް ރީޖަސް ބައްދަލުކުރި މެޗުގެ ތެރެއިން

ރިސޯޓު ލީގު 2020 ގެ ދ. ޒޯނުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ނިޔާމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް އާއި ކަނޑިންމަ މޯލްޑިވްސް ދަތުރުކޮށްފި އެވެ.

ދ. ޒޯނުގެ ކުޅުން ކަނޑިންމައިގައި ކުރިއަށްދާއިރު، އެންމެ ފަހުގެ ޗެމްޕިއަން ނިޔާމަ ފައިނަލަށް ދަތުރުކުރީ ހުކުރު ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސެއިންޓް ރީޖަސް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން މޮޅުވެގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުރު ހަމަވިއިރު، ދެޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ސެއިންޓް ރީޖަސްގެ ލަނޑު އަހުމަދު މުރުޝިދު ކާމިޔާބުކޮށްދިންއިރު، ނިޔާމަގެ ލަނޑު ޖަހައިދިނީ ސައުދުﷲ ހުސެއިނެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ސެއިންޓް ރީޖަސްއަށް ކާމިޔާބުކުރެވުނީ އެނމްމެ ޕެނަލްޓީ އެކެވެ. ނިޔާމައިން ވަނީ އެޓީމުގެ ތިން ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

ފައިނަލްގެ ފަހު ޖާގަ ކަނޑިންމަ ހޯދީ ހުކުރު ދުވަހު ހަވީރު ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި އަންގްސާނާ ވެލާވަރު އަތުން ފަސޭހަކަމާއެކު 8-0 އިން މޮޅުވެގެންނެވެ. މި މެޗުގައި ކަނޑިންމަ އަލީ ޝާމިއު އާއި އާގް ހަމީދު، މި ދެ ކުޅުންތެރިން ހެޓްރިކް ހެދިއިރު، އަޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ މުހައްމަދު ޝާހު އާއި އަބްދުﷲ ޔައުގޫބެވެ.

މުބާރާތުގެ ފައިނަލަށް ނިޔާމަ އާއި ކަނޑިންމަ ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ.

ރިސޯޓު ލީގުގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިޔަށްގެންދާ މި މުބާރާތް މި އަހަރު ވެސް ކުރިޔަށްދަނީ ފަސް ޒޯނަކަށް ބަހާލައިގެން ނެވެ. އެއީ ދ. ޒޯނުގެ އިތުރުން ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯނެވެ.

އެއް މަސް ދުވަހަށް ދިގު ދެމިގެންދާ މި މުބާރާތުގައި މި އަހަރު 42 ރިސޯޓް ވާދަކުރާއިރު، 79 މެޗު ކުޅެވިގެންދާނެއެވެ.

މި މުބާރާތުގެ މި އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު