Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރަށްވެހިފަތިސް

ޕްރައިމަރީން ބަލިވުމުން ޕާޓީގެ ކެނޑިޑޭޓާ ވާދައަށް ނުކުތުމަކީ ވަރަށް ދެރަ ކަމެއް: ހަސަން ލަތީފް

އެމްޑީޕީއަކީ ވަކި ޚާއްސަ އުސޫލުތަކަކާއި ހަމަތަކެއް ގެންގުޅޭ ޕާޓީއެއްކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މާރިޗު 2020 | ހުކުރު 09:36
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް

އިންތިޚާބުތަކުގެ ޕްރައިމަރީން ބަލިވުމުން އަމިއްލަގޮތުން ނުކުމެ ޕާޓީގެ ކެނޑިޑޭޓާ ވާދަކުރުމަކީ ވަރަށް ދެރަކަމެއްކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން ހުވަދު އަތޮޅު ދެކުނު ބުރިއަށް ކުރެއްވި ދަތުރުފުޅުގައި ގދ ތިނަދޫއަށް ވަޑައިގެން ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ ވަކި ޚާއްސަ އުސޫލުތަކަކާއި ހަމަތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އެގޮތުން ޕާޓީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވައި ކެނޑިޑޭޓުންތަކެއް ހޮވާފަހުން، ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުން އަމިއްލަ ގޮތުން އިންތިޚާބުގައި ބައިވެރިވެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓާ ވާދަކުރުމަކީ ހިތާމަހުރި ކަމެއްކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް އެހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވި ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތަކާއި، އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެ އެއިންތިޚާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ ފަރާތެއް އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބުރާސްފަތި ދުވަހު ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން ހަސަން ލަތީފް އިތުރަށް ވިދާޅުވީ، ޕްރައިމަރީން ބަލިވުމުން އަމިއްލަ ގޮތުން ބައިވެރިވެ ޕާޓީގެ ކެނޑިޑޭޓާ ވާދަކުރުމުން ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލިފައިވާ ކަމަށެވެ. އެގޮތުން ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވާ މި ނިންމުމާއެކު މާ ފަސޭހައިން އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ބުނީ ފިޔަވަޅުއަޅާ ކޮމެޓީން މި ނިންމުން ނިންމީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެޕާޓީގެ އަސާސީ ގަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ ކެންޑިޑޭޓުންގެ ތެރެއިންވެސް މިގޮތަށް އަމަލުކޮށްފައިވާ ފަރާތްތަކާއި މެދު މިފިޔަވަޅު އަޅާފައިކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
27 މާރިޗު 2017

ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫނު ވަކިކޮށް، ޕާޓީގެ ރައީސްކަމުގެ މަގާމު ގެއްލުވާލައިފި ވަކިކޮށްފި

27 މާރިޗު 2017
ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫނު ވަކިކޮށް، ޕާޓީގެ ރައީސްކަމުގެ މަގާމު ގެއްލުވާލައިފި ވަކިކޮށްފި
24 މާރިޗު 2017

ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

24 މާރިޗު 2017
ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި
16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު