Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓަރ ޖެނެރަލްގެ އޮފީސް

އޮޑިޓްގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި

6 މާރިޗު 2020 | ހުކުރު 03:59

މި ޕޯޓަލް އިފްތިތާާޙްކޮށްދެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިލްޔާސް ލަބީބް

| 6 މާރިޗު 2020 | ހުކުރު 03:59
އޮޑިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޮޑިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ އޮޑިޓްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަޤްސަދުގައި ހާއްސަ ޕޯޓަލްއެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާާޙްކޮށްދެއްވީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު އެ އޮފީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަލްފާޟިލް އިލްޔާސް ލަބީބެވެ. މި ޕޯޓަލްއަކީ އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް އެއްބާރުލުމާއެކު މަސައްކަތް ފުރިހަމައަށް ކުރުމުގެ ބޭނުމުގައި ދެ ބަޔަކަށް ބަހާލައިގެން ތައްޔާރު ކޮށްފައިވާ ޕޯޓަލްއެކެވެ.

Advertisement - newsAdvertisement

ޖަލްސާގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން އިލްޔާސް ވަނީ މި ޕޯޓަލްގެ ސަބަބުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް އަންނާނެކަން ޔަގީން ކުރައްވާ މި ޕޯޓަލްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އޮޑިޓާއި ގުޅުންހުރި މަޢުލޫމާތު އަަވަހަށް ހިއްސާ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މި ޕޯޓަލް މެދުވެރިކޮށް ޕާފޯރމެންސް އޮޑިޓް ކުރާނެ މައުޟޫއުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިިފައިވެއެވެ. މިއީ ދައުލަތުން ހިންގާ މަޝްރޫއުތަކާއި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮށްފައިވާ ނުވަތަ ކުރިއަށްދާ ގޮތުގެ މައްޗަށް ބިނާކޮށް ކުރެވޭ އޮޑިޓްތަކެވެ. އަދި މިހާރު ފަށައިގެން ކުރިއަށްދާ ޕާފޯރމެންސް އޮޑިޓްތަކަކީ ކޮބައިކަމާއި އެ އޮޑިޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު މި ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ. މީގެ އިތުރުން އެ އޮޑިޓަކާ ބެހޭގޮތުން މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އޮޑިޓް މައުޟޫއުތަކާއި އޮޑިޓާ ގުޅުންހުރި މައުލޫމާތުތައް ހިއްސާ ކުރާއިރު ކާކުކަން ނޭނގޭގޮތަށް ހުށަހެޅުމުގެ އިޚްތިޔާރު ވަނީ ލިބިދީފައިވެއެވެ. މީގެ ސަބަބަކީ އޮޑިޓްގެ މަސައްކަތުގައި މުހިންމު މައުލޫމާތު ހިއްސާ ކުރުމަށް ރައްޔިތުންނަށް އިތުރު ހިތްވަރެއް ދިނުމެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް