Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޭޕީގެ ޕްރެސް

ޖަލްސާ ބާއްވަން ޖޭޕީއަށް ކާނިވާ ސަރަހައްދު ދޫކޮށްފި

ނިހާނާއި ރިޔާޒު ރަޝީދު ވަނީ ވަރަށް ބޮޑަށް ގާސިމަށް ތައުރީފް ކުރައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 މާރިޗު 2020 | ބުރާސްފަތި 18:26
ކުނޫޒުގައި ޖޭޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ކުނޫޒުގައި ޖޭޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ޖުމްހޫރީ ޕާޓީން "ދީނާއި ގައުމުގެ ދިފާއުގައި" ނަމުގައި ބާއްވާ ހާއްސަ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްފި އެވެ.

ޖޭޕީން ބުނީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އެޕާޓީން ބާއްވާ ހާއްސަ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް އެޕާޓީގެ ފަރާތުން މިމަހުގެ އެއްވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ސިޓީގެ ޖަވާބު ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށެވެ. އަދި ކާނިވާ ސަރަހައްދުގައި އެ ޖަލްސާ ބޭއްވުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވެސް ޖޭޕީން ބުނެފައި ވެއެވެ.

ޖޭޕީން ބުނީ، އެޕާޓީން މިފަދަ ހާއްސަ ޖަލްސާތައް ނުބާއްވާތީ ޖޭޕީން ހަރަކާތެއް ނުހިންގާކަމަށް ބައެއް މީހުން ދެކޭ ކަމަށެވެ. އެހެންނަމަވެސް ސިލްސިލާކޮށް، ޖޭޕީން އެޕާޓީގެ މައި ހަރުގެ ކަމަށްވާ މ. ކުނޫޒުގައި ޖަލްސާތަކާއި ހަރަކާތްތައް ބާއްވަމުންދާ ކަމަށާއި، މިހާރު ޖޭޕީގެ ހަރަކާތްތައް އިތުރުކުރުމަށް ވެސް ވިސްނަމުންދާ ކަމަށެވެ. އެގޮތުން ހާއްސަ ޖަލްސާއެއް މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާއިރު، އެޖަލްްސާއަކީ ވަރަށް މުހިއްމު ޖަލްސާއަކަށް ވާނެ ކަމަށްވެސް ޖޭޕީން ބުނެއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ގާސިމަކީ ދީނާއި ގައުމުގެ ދިފާއުގައި އަބަދުވެސް ނިކުންނަވާ ރައްޖޭގައި މިވަގުތު ހުންނެވި އެންމެ އިހުލާސްތެރި ލީޑަރުގެ ގޮތުގައި ނިހާނު ވަނީ ސިފަ ކުރައްވާފަ އެވެ.

ނިހާނު ގާސިމަށް އެގޮތަށް ތައުރީފް ކުރެއްވިއިރު، ނިހާނަކީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމަށާއި އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލެއްވިއިރު، ޕީޕީއެމް ސަރުކާރުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އެވެ. ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީވެސް ޝަރީއަތުގެ އަޑުއެހުމަކަށް ވަޑައިގެން އިންނަވަނިކޮށް، ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށް، ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު