Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކް ގޭމްސް 2020

ވައިރަހުގެ ސަބަބުން އޮލިމްޕިކްސް ފަސްކުރާނެ ކަމުގެ އިޝާރާތެއް

ކޮރޯނާ ވައިރަސް (ކޮވިޑް-19) މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 މާރިޗު 2020 | ބުދަ 04:46
އޮލިމްޕިކްސް ފަސްކުރާނެ ކަމުގެ އިޝާރާތެއް ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ވަނީ ދީފައި

އޮލިމްޕިކްސް ފަސްކުރާނެ ކަމުގެ އިޝާރާތެއް ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ވަނީ ދީފައި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ދީފި އެވެ.

މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.

ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ސެއިކޯ ހަޝިމޯޓޯ ދާދި ފަހުން ވިދާޅުވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ޖަޕާނާއެކު އެއްބަސްވެފައިވަނީ މިއަހަރުގެ ތެރޭގައި އޮލިމްޕިކްސް ބޭއްވުމަށް ކަމަށާއި، އެހެންކަމުން މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނޯ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން މިއަހަރުގެ ފަހު ކޮޅަށް ގޭމްސް ފަސްކުރަން ޖެހިދާނެ ކަމަށެވެ. އެކަމަކު މިހާރުވެސް ތާވަލުކޮށްފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އޮލިމްޕިކްސްއަށް އަސަރުކުރާނެ ކަމަށް ބެލެވޭއިރު، އޮލިމްޕިކަށް ޖަޕާނުން އަންނަނީ ވަރަށް ބޮޑެތި ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިފަހަރުގެ ގޭމްސް ތިވާވެއްޓާ ރައްޓެހި ގޭމްސްއަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ފަހަރުގެ މެޑެލްތައް އިލެކްޓްރޯނިކް ކުނިބުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާއިރު، އޮލިިމްޕިކް ޓޯޗު ތައްޔާރުކޮށްފައި ވަނީ އެލުމިނަމްގެ ކުނިބުނިންނެވެ. އަދި މުބާރާތުގެ އެކިއެކި އިވެންޓްތަކުގައި ބަހައްޓާ ޕޯޑިއަމްތައް ކަނޑަށް އުކާލައިފައި ހުންނަ އެކި ބާވްތަތްކުގެ ޕްލާސްޓިކް ކުނިން ތައްޔާރުކޮށްފައިވާ އިރު، މުބާރާތުގެ ތެރޭގައި ބޭނުންކުރާ ކަރަންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ. އަދި އޮލިމްޕިކްސް އާއި ޕެރައޮލިމްޕިކްސްގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން ކާޑްބޯޑުން ތައްޔާރުކޮށްފައިވާ އެނދުތައް ބޭނުންކުރަން ވަނީ ނިންމާފައެވެ.

އޮލިމްޕިކްސް ފަސްކުރާނެ ކަމުގެ އިޝާރާތެއް ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ދިންއިރު، ޗައިނާގައި މިމަހު ބާއްވަން ހަމަޖައްސާފައި އޮތް އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ވަނީ ކެންސަލްކޮށްފައެވެ. އަދި ހަމަ މިމަހު ބާއްވަން ހަމަޖައްސާފައި އޮތް ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް މިހާރު ވަނީ ފަސްކޮށްފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މިހާތަނަށް ކޮރޯނާ ވައިރަސް 60 އަށްވުރެ ގިނަ ގައުމަކުން ފެނިފައިވާއިރު، މި ވައިރަސް ޖެހިގެން 3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު